ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، ސ. މީދޫ، ދަފްތަރު ނަންބަރު 07، ޢަބްދުލްވައްހާބު އަޙްމަދު (59އ) 25 އަހަރަށް ޖަލަށް ލުމާއެކު 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކޯޓުން ހުކުމް ކޮށްފިއެވެ.
މި ހުކުމް އިއްވާފައިވަނީ 2026 އޮގަސްޓު 9 ވަނަ ދުވަހުއެވެ.
ޢަބްދުލްވައްހާބުގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުންނެވެ.
މި މައްސަލައަކީ 2021 ޑިސެމްބަރު 1 ވަނަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުނު މައްސަލައެކެވެ. މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2022 ޖަނަވަރީ 13 ވަނަ ދުވަހުއެވެ.
މި ނިންމުމާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ކަމަށެވެ.
އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު