ޝަރުޢީ ނިޒާމަށް ސިޔާސީ ނުފޫޒު ނުފޯރާނެހެން މިނިވަންކުރަން އެމްޑީޕީ ޖެހިލުންވާކަން މިއަދު ފެނިއްޖެ ކަމަށް ރައްޔިތުން މަޖިލިހުގެ މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު މިހެން ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކޮށް އެ ކޮމިޝަނުގައި ސިޔާސީ މީހުން ނުތިބޭ ގޮތް ހެދުމަށް ރައްޔިތުން މަޖިލިހުގެ މަހިބަދޫ ދާއިރާ މެންބަރު އަޙްމަދު ޠާރިޤު ހުށަހެޅުއްވި އިސްލާހު މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލުމާއި ގުޅިގެންނެވެ.
އެބިލް ބަލައިގަތުމަށް އެމްޑީޕީން ވޯޓު ދީފައެއް ނުވެއެވެ. ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖޭއެސްސީއަށް ގެންނަން ހުށަހެޅި އިސްލާހަށް ބަހުސްކުރައްވަން އެމްޑީޕީގެ މަޖިލިސް މެންބަރުން ބޭނުންފުޅުނުވުމުން، ޝަރުޢީ ނިޒާމު ސިޔާސީ ނުފޫޒުން ސަލާމަތްކުރަން ޖެހިލުންވެވަޑައިގަންނަވާކަން ސާފުވެއްޖެ ކަމަށެވެ.
މީގެއިތުރުން އެމްޑީޕީގެ މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދާ ޚިލާފު ކަމެއް ކަމުގައިވެސް އާދަމް ޝަރީފު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ އެއީ ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދު ޖޭއެސްސީގައި އިންނެވުމަށް އެމްޑީޕީ މެންބަރުން ތާއީދުކުރަށްވާ ކަމުގެ ހެެއްކެއް ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
ޖޭއެސްސީ އެކުލެވިފައިވާ ގޮތް ބަދަލުކުރުމަށް ހުށައެޅި އިސްލާހުގެ އިބްތިދާއީ ބަހުސް މަޖިލިހުގައި މިއަދު ކުރިއަށް ގެންގޮސް ވަނީ ނިއްމާލާފައެވެ. އެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވީ އިސްލާހު ހުށަހެޅުއްވި މެންބަރު ޠާރިޤުގެ އިތުރަށް ތިން މެންބަރުންނެވެ. އެމްޑީޕީގެ އެއްވެސް މެންބަރަކު އެ އިސްލާހާ ގުޅޭ ގޮތުން ބަހުސްނުކުރައްވާ ކަން ފާހަގަކޮށްލެވެއެވެ. އަދި އިސްލާހު މަޖިލިހަށް ބަލައިގަންނަން ފެނޭތޯ ނެގި ވޯޓުގައި އެމްޑީޕީ މެންބަރުންވަނީ އިސްލާހު ބަލައިނުގަތުމަށް ވޯޓުދެއްވާފައެވެ.
ޖޭއެސްސީ އެކުލެވިފައިވާ ގޮތުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ އިދިކޮޅުގައި ތިއްބަވައި އެކަމާ ދެކޮޅަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ ރައީސް އިބްރާހިމާއި އެމްޑީޕީންނެވެ. އަދި ޝަރުޢީ ދާއިރާ ސިޔާސީ ނުފޫޒުން މިނިވަންކޮށް ޖޭއެސްސީ އެކުލެވިގެންވާ ގޮތް ނުވަތަ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަކީ ރައީސް ޞާލިހުގެ ރިޔާސީ ވަޢުދު ތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވަޢުދެކެވެ. އެއީ އެމްޑީޕީން ވިއްކި އެޖެންޑާ ނަވާރައިގައިވެސް ހިމެނޭ މުހިންމު ވާހަކަ ތަކެކެވެ. ނަމަވެސް އެމްޑީޕީ އިސްވެ އޮވެ އެކުލަވާލި ކޯލިޝަނުން ވެރިކަމާއި ހަވާލުވިތާ ދެއަހަރު ވެގެންދާއިރު ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ބަދަލުވީ ކުރީގެ ވެރިކަމުގައި އެތަނަށް އައްޔަން ކޮށްފައި ނުވަތަ އިންތިޚާބުވެފައި ތިބި މީހުންނެވެ.

The lack of enthusiasm to deliberate on JSC amendment Bill by MDP clearly shows a hesitation to remove political influence out of the justice system. This is against the presidential pledge from @ibusolih. It can also be viewed as a nod to @mohamednasheed & his presence in JSC.
— Adam Shareef Umar (@Adamshareefz) October 27, 2020
މީގެއިތުރުން އެމްޑީޕީގެ މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދާ ޚިލާފު ކަމެއް ކަމުގައިވެސް އާދަމް ޝަރީފު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ އެއީ ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދު ޖޭއެސްސީގައި އިންނެވުމަށް އެމްޑީޕީ މެންބަރުން ތާއީދުކުރަށްވާ ކަމުގެ ހެެއްކެއް ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
ޖޭއެސްސީ އެކުލެވިފައިވާ ގޮތް ބަދަލުކުރުމަށް ހުށައެޅި އިސްލާހުގެ އިބްތިދާއީ ބަހުސް މަޖިލިހުގައި މިއަދު ކުރިއަށް ގެންގޮސް ވަނީ ނިއްމާލާފައެވެ. އެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވީ އިސްލާހު ހުށަހެޅުއްވި މެންބަރު ޠާރިޤުގެ އިތުރަށް ތިން މެންބަރުންނެވެ. އެމްޑީޕީގެ އެއްވެސް މެންބަރަކު އެ އިސްލާހާ ގުޅޭ ގޮތުން ބަހުސްނުކުރައްވާ ކަން ފާހަގަކޮށްލެވެއެވެ. އަދި އިސްލާހު މަޖިލިހަށް ބަލައިގަންނަން ފެނޭތޯ ނެގި ވޯޓުގައި އެމްޑީޕީ މެންބަރުންވަނީ އިސްލާހު ބަލައިނުގަތުމަށް ވޯޓުދެއްވާފައެވެ.
ޖޭއެސްސީ އެކުލެވިފައިވާ ގޮތުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ އިދިކޮޅުގައި ތިއްބަވައި އެކަމާ ދެކޮޅަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ ރައީސް އިބްރާހިމާއި އެމްޑީޕީންނެވެ. އަދި ޝަރުޢީ ދާއިރާ ސިޔާސީ ނުފޫޒުން މިނިވަންކޮށް ޖޭއެސްސީ އެކުލެވިގެންވާ ގޮތް ނުވަތަ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަކީ ރައީސް ޞާލިހުގެ ރިޔާސީ ވަޢުދު ތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވަޢުދެކެވެ. އެއީ އެމްޑީޕީން ވިއްކި އެޖެންޑާ ނަވާރައިގައިވެސް ހިމެނޭ މުހިންމު ވާހަކަ ތަކެކެވެ. ނަމަވެސް އެމްޑީޕީ އިސްވެ އޮވެ އެކުލަވާލި ކޯލިޝަނުން ވެރިކަމާއި ހަވާލުވިތާ ދެއަހަރު ވެގެންދާއިރު ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ބަދަލުވީ ކުރީގެ ވެރިކަމުގައި އެތަނަށް އައްޔަން ކޮށްފައި ނުވަތަ އިންތިޚާބުވެފައި ތިބި މީހުންނެވެ.
ކިޔުންތެރިންގެ ހިޔާލު