މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ
މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލާފައިވާ ގޮތް ބަދަލު ކުރުމަށް ހުށައަޅާފައިވާ ބިލު ބަލައިނުގަތުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ބިލު ދިރާސާ ކުރުމަށް ކޮމިޓީއަކަށް ފޮނުވަން ނުފެންނަ ކަމަށް 50 މެމްބަރުން ވަނީ ވޯޓުދެއްވާފައެވެ. އެބިލް ބަލައިގަތުމަށް ވޯޓުދެއްވީ އެންމެ 13 މެމްބަރުންނެވެ.

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ހުށައެޅުއްވި މި ބިލުގައި ބުނެފައިވަނީ މިހާރު ޖޭއެސްސީ އެކުލަވާލާފައިވާ ގޮތުން ގާނޫނު އަސާސީގެ ހަވަނަ ބާބުން އިންސާފު ގާއިމުކުރުމުގެ ބާރަށް ލިބިދޭ މިނިވަންކަމާ މުސްތަގިއްލު ކަމަށް ހުރަސް އެޅެމުންދާ ކަމަށެވެ.

އޭގެ އިތުރުން، ޖޭއެސްސީ އެކުލަވާލުމުގައި ގާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ތަމްސީލުކުރާ ފަރާތްތަކަކީ ސިޔާސީ ފަރާތްތަކަށް ވުމުގެ ސަބަބުން، އެފަރާތްތަކުން ބައިވެރިވެގެން އެ ކޮމިޝަނުން ބަލާ މައްސަލަތަކުގަޔާއި އަދި ނިންމާ ނިންމުންތަކުގައި ސިޔާސީ ނުރަނގަޅު ނުފޫޒާއި ބާރު އެކުލެވިގެންދާ ކަމަށް އެބިލްގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން