އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް
އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް
ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދާއި އެމީހުންނަށް ދިވެހިރާއްޖޭގެ ދައުލަތުން ކުރާ ހަރަދު ހާމަނުކުރުމަށް ޑިފެންސް މިނިސްޓްރީން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރ އަދި ކުރީގެ ނޫސްވެރިޔާ ހުސެން ފިޔާޒު މޫސާވެސް ތާއީދު ކުރަށްވައިފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހޯދަމް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅީ "ދިޔަރެސް" ނޫހުގެ ފަރާތުންނެވެ. އެ މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ތިން އަޑުއެހުމެއް ވަނީ ބާއްވާފައެވެ. މި މައުލޫމާތު ހިއްސާ ކުރުމަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މައުލޫމާތެއް ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ވަނީ އެ މައުލޫމާތު ދޭން އިންކާރުކޮށްފައެވެ.

މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި އެމްއެންޑީއެފުން ބުނީ ދިޔަރެސް ނޫހުން އެދިފައިވާ މައުލޫމާތު ހާމަކޮށްފި ނަމަ ގައުމީ ސަލާމަތަށް ނުރައްކާވެ އިންޑިއާ އާއި ރާއްޖެއާއި ދެމެދުގައި އޮތް ގުޅުމަށް ބުރޫ އަރާފާނެ ކަމަށެވެ. އިންފޮމޭޝަން ކޮމިޝަންގެ އޮފީހުން ބުނީ މި މައްސަލައިގައި ބޭއްވި އަޑުއެހުންތަކުގައި ކަމާ ގުޅޭ ފަރާތްތަކުން ދެއްކި ގާނޫނީ ހުއްޖަތްތަކަކީ ބަލައިގަނެވޭނެ ހުއްޖަތްތަކެއް ކަމަށެވެ. ނަމަވެސް މި ނިންމުމާމެދު ދިޔަރެސް އިން ހިތްހަމަ ނުޖެހޭނަމަ އިސްތިއުނާފަށް ހުށަހެޅުމުގެ ބާރު ގާނޫނުން ދީފައިވާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން  ވަނީ ބުނެފައެވެ.

ޑިފެންސް މިނިސްޓްރީ އިން ބުނީ ދިޔަރެސް ނޫހުގެ ފަރާތުން އެ މައުލޫމާތު ހޯދަން އެދުމާއި އެކު އެ މިނިސްޓްރީން ވާނީ މިކަމުގެ މައުލޫމާތު ހާމަކުރެވެން އޮތްތޯ ސިފައިންގެ ލަފާދޭ މަޖިލީހަށް ހުށަހަޅާފައި ކަމަށެވެ. އެމަޖިލީހުން ވަނީ މި މައުލޫމާތު ހާމަކުރުމަށް ދެކޮޅު ހަދާފައިކަމަށް އެ މިނިސްޓްރީ އިން ބުނެ އެވެ.

މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ހާމަނުކޮށްގެން އިންފޮމޭޝަން ކޮމިޝަނަށް ހުށަހެޅި މައްސަލައެވެ.

ރާއްޖެ ޓީވީގައި ގިން ދުވަސް ތަކެއް ވަންދެން މަސައްކަތް ކުރެއްވި އަދި މައުލޫމާތު ހާމަކުރުމަށް ގޮވާލާ އެންމެ ބޮޑަށް އޭރު އަޑުއުފުއްލަވައި އިހުތިޖާޖު ކުރެއްވި، އިންފޮމޭޝަން ކޮމިޝަނަރ، ހުސެން ފިޔާޒު މިކަމުގައި ކުރިން ވާހަކަ ދެއްކެވި ރާގު ބަދަލު ކުރަށްވައި މިއަދު މިވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދާއި އެމީހުންނަށް ދިވެހި ދައުލަތުން ނުވަތަ ދިވެހި ރައްޔިތުންގެ ފައިސާއިން ޚަރަދުކުރާ މިންވަރު ރައްޔިތުންނަށް ހާމަކޮށްދޭން ނުޖެހޭކަމަށް ދިފާޢީ ބާރުން ބުނާ ބުނުން ގަބޫލު ކުރަށްވައި އެނިންމުމަށް ތާއީދު ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން