ގދ. ވާދޫ، މުޙައްމަދު ސިދުރަތުﷲ އަޙްމަދު
ގދ. ވާދޫ، މުޙައްމަދު ސިދުރަތުﷲ އަޙްމަދު
މިދިޔަ ހުކުރު ދުވަހު އައިޖީއެމްއެޗް ސަރަހައްދާ ދިމާ މޫދު އަޑީގައި ނިޔާވެފައިވާ އޮއްވާ ފެނުނު ގދ. ވާދޫ، މުޙައްމަދު ސިދުރަތުﷲ އަޙްމަދު (31އ)ގެ މަރުގެ ހާދިސާގެ ތަހުގީގަށް ފުލުހުން ވީޑިއޯއެއް އާއްމުކޮށްފިއެވެ.

އެ ވީޑިއޯ އާއްމުކޮށް ފުލުހުން ބުނީ މޫދުގައި ނިޔާވެފައި އޮއްވާ ފެނުނު ސިދުރަތުﷲ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ 09:00 އާއި 10:00 އާ ދެމެދު ރަސްފަންނު މޫދާ ދިމާއަށް ދަނިކޮށް ކަމަށެވެ.

އެހެންކަމުން، އެ ދުވަހުގެ އެ ވަގުތުގައި ސިދުރަތުﷲ އާ ބައްދަލުވި ނުވަތަ ފެނުނު މީހަކު ވާނަމަ ނުވަތަ މަރުގެ މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ އެމާޖެންސީ ނަންބަރު 119 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން