އެމެރިކާގެ ޚާރިޖީ ވަޒީރު ރާއްޖެ ވަޑައިގަންނަވާތީ މާލޭގެ 4 ސަރަޙައްދެއް މާދަމާގެ ވަކި ވަގުތުތަކެއްގައި ބަންދުކުރާނެކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ އެ ސަރަޙައްދުތައް ބަންދުކުރުމަށް ނިންމާފައި ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެއަށް ކުރައްވާ ދަތުރުފުުޅުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްކަމަށެވެ. އެގޮތުން ބަންދުކުރުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރާ މަގާއި، ސިނަމާލެ ބްރިޖާއި، ގްރީން ޒޯނާއި އަދި ބޮޑުތަކުރުފާނު މަގުގެ ބައެއް ސަރަހައްދުތައްކަމަށް ފުލުހުން ބުނެއެވެ. އަދި ސަރަޙައްދުތައް ބަންދުކުރާނީ މާދަމާގެ މެންދުރު 12:30އިން ފެށިގެން ރަސްމިއްޔާތުގެ ކަންކަން ނިމެންދެންކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ މިސަރަހައްދުތައް ބަންދުކުރާ ވަގުތުގައި ދުއްވާ އުޅަނދުތަކާއި ހިނގާ މީހުންނަށްވެސް އެ ސަރަޙައްދުތަކަށް ނުވަދެވޭނެކަމަށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮންޕޭ މާދަމާ ރާއްޖެ ވަޑައިގަންނަވާއިރު، ދަތުރުފުޅާ ގުޅޭ މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. އަނެއްކޮޅުން މިއީ ފަހުގެ ތާރީޚެއްގައި ރާއްޖެ ވަޑައިގަންނަވާ އެމެރިކާގެ އެންމެ އިސް އޮފިޝަލެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު، ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ މިދިޔަ ޖުލައިމަހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި އެމެރިކާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވާ މަޝްވަރާތައް ބާއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

azimbe

28-Oct-2020

ދެރަވަރު



ޓްރެންޑިން