ބަންގްލަދޭޝްގެ ހައިކަމިޝަނަރު، ޗީފް އޮފް ޑިފެންސް ފޯސްއާ ބައްދަލުކުރެއްވުން
ބަންގްލަދޭޝްގެ ހައިކަމިޝަނަރު، ޗީފް އޮފް ޑިފެންސް ފޯސްއާ ބައްދަލުކުރެއްވުން
ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ، ހީޒް އެކްސެލެންސީ ރިއަރ އެޑްމިރަލް ނަޒްމުލް ޙަސަން، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ބަންޑާރަކޮށީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝް އަސްކަރިއްޔާއާ ދެމެދު ޒަމާނުންސުރެ އޮތް ބަދަހި ގުޅުމާ ގުޅޭގޮތުންނާއި، ދެ ޤައުމުގެ އަސްކަރިއްޔާ ގުޅިގެން ދިވެހި ސިފައިންގެ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމާއި، ދިވެހި ސިފައިންނަށް ތަޢުލީމާއި ތަމްރީނުގެ ފުރުޞަތު ހޯދައިދިނުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.



ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި މި ބައްދަލުވުމުގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން