ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
މިހާރު އެންމެ އިސް އަމާޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށް، 2023 ގައި ވެރިކަމަށް ގެނައުން ކަމަށް ޕީޕިއެމް އިން ބުނެފިއެވެ.

ޕީޕީއެމްގެ ނުވަ ވަނަ އަހަރީ ދުވަހާ ގުޅިގެން މެމްބަރުންނަށް ތަހުނިޔާ ކިޔައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއަށް ބޮޑެތި ބަދަލުތަކެއް އައީ ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި ކަމަށެވެ. އިގްތިސާދީ ގޮތުން ރާއްޖެ ނުދެކޭ ފަދަ ޒަމާނަކަށް ރާއްޖެ ވާސިލްވެ، ރައްޔިތުންނަށް ފައިދާ އާއި މަންފާ، އެ ވެރިކަމުގެ ފަސް އަހަރު ތެރޭގައި ލިބުނު ކަމަށް ބަޔާނުގައިވެއެވެ.

ޕީޕީއެމަކީ ކުރު މުއްދަތެއްގެ ތެރޭގައި، ސިޔާސީ މައިދާނުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރި ޕާޓީއެއް ކަމަށާއި ޔާމީންގެ މޭސްތިރިކަމުގެ ދަށުން އުފެއްދެވި ޕީއެންސީއާ އެކު ކޯލިޝަން ހަދައި ކުރާ މަސައްކަތަކީ ސަރުކާރު ޖަވާބުދާރީކޮށް، ޒިންމާދާރުކޮށް، ރައްޔިތުންގެ އަޑު ގާތުން އެހުން ކަމަށް ޕީޕިއެމް އިން ބުނެ އެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމިއްޔަތުގެ އަސާސްތައް ހިފަހައްޓައި ދެމެހެއްޓުމަށް ޕާޓީން މަސައްކަތްކުރާނެ ކަމަށާއި މި މަސައްކަތުގައި އެންމެ އިސް ވާޖިބަކީ ޕާޓީގެ ލީޑަރު ރައީސް ޔާމީން މިިނިވަންކޮށް، 2023 ވަނަ އަހަރު އެމަނިކުފާނު ދިވެހި ގައުމުގެ ރިޔާސަތަށް އިސްކުރުން ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމިން އަށް ވަނީ އިއްވާފައެވެ. މަނީ ލޯންޑްރިންގެ އިތުރު މައްސަލަތަކެއްގައި ވެސް އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލައިފައިވެއެވެ. ޕީޕީއެމުން ބުނީ އަހަރީ ދުވަހުގެ ހަރަކާތްތައް ފާހަގަކުރަން ބޭނުންވިޔަަސް ކޮވިޑް-19އާ ގުޅިގެން ހަރަކާތްތައް ފަސްކޮށްފައިވާ ކަމަށެވެ. އެކަމަކު ފަހުގެ ތާރީޚެއްގައި އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


10

އަލިފުޅުބެ

28-Oct-2020

ތިކަމެއް ނުވާނެ ހުންނާނެ ވާނެ ކަންތަކާ ނުވާނެ ކަންތައް


0

އައްބެ

28-Oct-2020

ތިނޫން ކޮންމެސް އެހެން ކަމަކާ އުޅޭ ވެރިކަމެއް ދެން ނުލިބޭނެ އަރާދަ ކުރެއް ވިއްޔާ


4

ފާތުން

28-Oct-2020

ދިވެަހި ރައްޔިތުން ނޫޅެ ކަލެޔައް ވެރިކަން ދޭކައް ހަންދާން ނައްތާލާ


-6

އަސްމާ

28-Oct-2020

ތީ ވެރިކަމައް ގެންނަ ވަރު މީހެއް ނޫން އެއައް ވުރެ މާ ނުބައި ނުލަފާ މީހެއް ތީ


2

އަލީ

28-Oct-2020

ވެރިކަމަކައް ވެސް ނޫން ގެންނަންޥީ ގައުމުން ވެސް ބޭރު ކުރަން ވީ އަނެއްކާ އަނެއް ފަހަރު ރައްޔިތުންނައް އަނީކޮއް އެންމެން ނުމަރަނީސް



ޓްރެންޑިން