ބޭރުގެ އެކި އިމްތިހާންތަކުގެ ފީ ދެއްކުމާއި ތައުލީމީ އެކި ހިދުމަތްތަކަށް އޮންލައިންކޮށް ފައިސާ ދެއްކުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިވާނަމަ، އެ މުއާމަލާތުގެ ތަފުސީލު ހިއްސާކުރުމަށް ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދިއްޖެއެވެ.
ބީއެމްއެލްއިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އޮންލައިންކޮށް ކުރާ ބައެއް މުއާމަލާތްތަކަށް ބޭންކުން ލިމިޓްތަކެއް ކަނޑައަޅާފައިވީ ނަމަވެސް، ތައުލީމީ، ސިއްހީ އަދި އަސާސީ ސަބްސްކްރިޕްޝަންތަކަށް ކުރާ ހަރަދުތަކަށް އެ ލިމިޓްތަކުގެ ސަބަބުން އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށެވެ. އެހެންނަމަވެސް، ބައެއް ހާލަތްތަކުގައި ބައެއް ފަރާތްތަކުން ކުރާ މިފަދަ މުއާމަލާތްތައް ކެންސަލްވާ ނުވަތަ "ޑިކްލައިން" ވާކަން ފާހަގަކުރެވިފައިވާ ކަމަށް ބޭންކުން ބުނެފައިވެއެވެ.
މިކަން މިގޮތަށް ދިމާވާ ސަބަބު ތަފްސީލުކޮށްދެމުން ބޭންކުން ބުނީ، އައިއީއެލްޓީއެސް ބައިނަލްއަގުވާމީ ތައުލީމީ އިމްތިހާންތަކަށް ފައިސާ ދައްކާއިރު، ބައެއް ފަހަރު އެ މުއާމަލާތް ހިނގަނީ ތައުލީމީ ދާއިރާގެ "މާޗަންޓް ކޯޑު" ގެ ދަށުން ނޫން ކަމަށެވެ. ނުވަތަ ވަކި ކެޓަގަރީއެއް ކަނޑައެޅިފައި ނުވާ ކޯޑެއްގެ ދަށުން މުއާމަލާތް ހިނގުމުން، އެއީ ތައުލީމީ ބޭނުމަކަށް ކުރާ މުއާމަލާތެއްކަން ބޭންކުގެ ސިސްޓަމަށް ދެނެގަންނަން އުނދަގޫވެ، ޕޭމަންޓް ކެންސަލްވަނީ ކަމަށް ބީއެމްއެލްއިން ވަނީ ހާމަކޮށްފައެވެ.
ބޭންކުން އިތުރަށް ބުނެފައިވަނީ، މިފަދަ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، އެ މުއާމަލާތުގެ ތަފުސީލާއެކު ބޭންކަށް ހުށަހެޅުމުން އެކަން މުރާޖައާ ކުރާނެ ކަމަށެވެ. އަދި އެ ސައިޓަކުން ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ އިންތިޒާމު ބޭންކުން ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ.
ކިޔަވާ ކުދިންނާއި އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ބޭނުންވާ ފައިސާގެ މުއާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ މަގު ފަހިކޮށްދިނުމަކީ ބޭންކުން އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށް ބީއެމްއެލްގެ ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، މިފަދަ ކަންކަމުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމުގައި ބޭންކުގެ ފުރިހަމަ އެހީތެރިކަން އަބަދުވެސް ލިބޭނެ ކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު