އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން
އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރާއްޖޭގެ އިގްތިސާދު ސަލާމަތްކޮށް ޝަރުއީ އަދި ގާނޫނީ ދާއިރާއަށް އިސްލާހު ގެނެސް ސިޔާސީ ވަކިތަކުން ޖޭއެސްސީ މިނިވަން ކޮށްދެއްވާނެ ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

މާފުށީ ޖަލުގައި ފަސް އަަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު އަބުދު ﷲ ޔާމިން މިހެން ވިދާޅުވީ އެމަނިކުފާނުގެ ގާނޫނީ ވަކީލުން މެދުވެރި ކުރައްވާ މިއަދު އާންމު ކުރެއްވިި މެސެޖެއްގައެވެ. މިއަދަކީ ޕީޕީއެމްގެ ނުވަވަނަ އަހަރީ ދުވަހެވެ.

ވަކީލުންގެ ބައްދަލްވުމުގައި މިއަދު ބައިވެރިވެވަޑައިގެންނެވި ރައީސް ޔާމީންގެ ފުރަތަމަ ނާއިބް ރައީސް އަދި އެމަނިކުފާނުގެ ގާނޫނީ ޓީމުގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ރައީސް ޔާމިންގެ މެސެޖް ހާމަކުރައްވާފައެވެ.

ރައީސް ޔާމީންގެ މެސެޖްގައި ވިދާޅުވީ ރާއްޖެއަށް އިގްތިސާދީ ތަރައްގީ އާއި ކުރިއެރުން ގެނެސްދިން ހަމައެކަނި ޕާޓީއަކީ ޕީޕީއެމް ކަމަށެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާރު ރަނގަޅު ނޫންކަން ފާހަގަކުރައްވައި އަލުން ޕީޕީއެމްގެ ވެރިކަމެއްގައި ރާއްޖޭގެ އިގްތިސާދު ސަލާމަތްކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ޝަރުއީ ދާއިރާ އިސްލާހުކޮށް ސިޔާސީ ނުފޫޒުތަކުން ޖުޑީޝަލް ސާވިސް ކޮމިޝަން މިންޖު ކޮށްދެއްވާނެ ކަމަށް ރައީސް ޔާމިންގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.

"ސިޔާސީ ފަރާތްތަކުގެ ވަކިތަކުން ޖޭއެސްސީ މިންޖުކޮށް ދެވޭނެ. ހުރިހާ ބޭފުޅުން ގުޅިގެން ކުރަމުންގެންދާ މަސައްކަތް ކުރިއަށް ގެންދަވާ. މާތް ﷲ ގެ އިރާދަފުޅާއެކު، އެ މަސައްކަތުގެ ފޮނިމީރުކަން ލިބޭނެ." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމިންގެ ވަކީލް ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީން މާފުށީ ޖަލުގައި މިއަދުވެސް އެ ހުންނެވީ ރައްޔިތުންނަށްޓަކައި ސާބިތުކަމާއިއެކުގައި ކަމަށެވެ.

ރައީސް ޔާމިން ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ބޮޑޫ ޚިޔާނާތުގެ ފައިސާ ލައުންޑަ ކުރުމުގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވެގެންނެވެ. މި ޚިޔާނާތާ ގުޅޭ އިތުރު ދައުވާ ތަކެއްވެސް ރައީސް ޔާމީންގެ މައްޗަށް ވަނީ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ރައްޔިތު މުޖޭ

28-Oct-2020

ދިވެހި ރައްޔިތުން ނޫލެ މޮޔަ ބޮލައް އަރައިގެނެއް ޕީޕީއެމައް ވޯޓް ދޭކައް ހަންދާން ނައްތާލާ


3

އަސްމާލު

28-Oct-2020

އަނެއްކާ އިތުރައް ގައުމު ދަރުވާލަން ދައިވިއްދާފަ


9

ޤާސިމްބެ

28-Oct-2020

ހަހަހަހަ. ހަމަ ހިނި އަންނަނީ. ޖޭ.ަެއެސް.ސީ މިނިވަނޭ.


2

އައްބެ

28-Oct-2020

އަގްތިސޯދެއްވެސް ނޫން ރަންގަޅު ވާނީ އަމިއްލަ އެައުންޓް ތައް ރަންގަޅު ވާނީ ތިޔުޅެނީ ވައްކަން ކޮއްގެން މިހާރު ރުފިޔާ ނުލިބޭތީ އެކަމާ



ޓްރެންޑިން