ރައީސް ނަޝީދު ރައީސް ޔާމިން އާއި ސަލާމްކުރައްވަނީ
ރައީސް ނަޝީދު ރައީސް ޔާމިން އާއި ސަލާމްކުރައްވަނީ
ރާއްޖެ ބަނގުރޫޓްކޮށް ފަނޑިޔާރުގެތައް ކޮރަޕްޝަންގެ އައްޑާތަކަށް ބަދަލުވީ ރައީސް އަބްދުﷲ ޔާމީންގެ ސަބަބުން ކަމަށް ވިދާޅުވެ ރައީސް މުހަންމަދު ނަޝީދު، ޔާމީނަށް ވަރުގަދަ ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.

އެމްޑީޕީގެ ރައީސް މުހަންމަދުު ނަޝީދު މިހެން ވިދާޅުވީ ޝަރުއީ އަދި ގާނޫނީ ދާއިރާއަށް އިސްލާހު ގެނެސް ސިޔާސީ ވަކިތަކުން ޖޭއެސްސީ މިނިވަން ކޮށްދެއްވާނެ ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާއި ގުޅިގެން އެކަމަށް އިޝާރަތް ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ ރާއްޖެ ބަނގުރޫޓް ކުރީ ވެސް ފަނޑިޔާރުގެތައް ކޮރަޕްޝަންގެ އައްޑާތަކަށް ބަދަލުވީ ވެސް ރައީސް ޔާމީންގެ ސަބަބުން ކަމަށެވެ.



"ރާއްޖެ ބަނގުރޫޓްކޮށްފައި، ފަނޑިޔާރުގެތައް ކޮރަޕްޝަންގެ އައްޑާތަކަށް ބަދަލުވީ ވެސް ރައީސް ޔާމީންގެ އިރުޝާދާއި ލަފައާއި އެނގުމާއި ބައިވެރިވުމުގެ ތެރެއިންކަން ދިވެހިން ވަރަށް ރަނގަޅަށް ދަނޭ. ޕީޕީއެމްގެ ވެރިކަމުގައި ކަންވީ ގޮތް ރައްޔިތުންނަށް މާބޮޑަށް ވެސް އެނގޭ." ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ޝަރުއީ ދާއިރާ އިސްލާހުކޮށް ސިޔާސީ ނުފޫޒުތަކުން ޖުޑީޝަލް ސާވިސް ކޮމިޝަން މިންޖު ކޮށްދެއްވާނެ ކަމަށް ރައީސް ޔާމިން މިއަދު ވިދާޅުވީ އެމަނިކުފާނުގެ ވަކީލުން މެދުވެރިކުރައްވައި މިއަދު އާންމު ކުރެއްވި މެސެޖެއްގައެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިފައިވާ ގޮތް ބަދަލު ކުރުމަށް ޤާނޫނު އަސާސީ އަށް އިދިކޮޅު މެންބަރު އަހްމަދު ޠާރިގު (ޓޮމް) ހުށަހެޅުއްވި އިސްލާހަށް އެމްޑީޕީގެ މެންބަރުން ބަހުސް ވެސް ނުކޮށް އިސްލާހް ބޭރުކޮށްލުމުން އެމްޑީޕީއަށާއި ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

ޖޭއެސްސީ މިނިވަންކޮށް އެ ކޮމިޝަން އެތުރިފައި ވާ ގޮތަށް ބަދަލު ގެނައުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ. އަދި އެމްޑީޕީއާއި ރައީސް ނަޝީދުވެސް މިކަމަށް ވަކާލާތު ކުރަށްވަރުން ގެންދެވި ނަމަވެސް މިފަހަރު ވެރިކަން ލިބިވަޑައިގެންނެވުމުން ޝަރުޢީ ދާއިރާ އިސްލާހު ކުރުމުގެ ޒިންމާ އެޅިފައިވާ ޖޭއެސްސީއަށް ވެދެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ރައީސް ނަޝީދު ވެސް ހިމެނިވަޑައިގަންނަވައެވެ. ދެން އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ރައީސް ނަޝީދުގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ހިސާން ހުސައިނާއި އެޓީމުގެ އެހެނިހެން ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު


-5

އަބްދޫ

30-Oct-2020

2008 ގަ ވެރިކަމަށް އައިސްފަވެސް މިހާރުވެސް އެމްޑީޕީ ން ގައުމު ބަގުރޫޓް ކޮށްލީ



ޓްރެންޑިން