އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ މިސަަރަޙައްދަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރާއްޖެ ވަޑައިގަންނަވާނީ މިއަދު މެންދުރުފަހުކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެމެރިކާ ޚާރިޖީ ވަޒީރު ރާއްޖެ ވަޑައިގަންނަވާނީ މިއަދު މެންދުރުފަހުކަމަށާއި އެމަނިކުފާނަށް އެއަރޕޯޓުން މަރުޚަބާ ދަންނަވާނީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުކަމަށެވެ. އަދި އެމެރިކާގެ ޚާރިޖީ ވަޒީރުގެ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޚްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ފޮރިން މިނިސްޓްރީން ބުނީ ޕޮންޕެއޯގެ މިދަތުރުފުޅުގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާ ބައްދަލުކުރައްވާ ރަސްމީ ވާހަކަތައް ބާއްވާނެކަމަށެވެ. މީގެއިތުރުން އެމެރިކާގެ ޚާރިޖީ ވަޒީރާއި ރާއްޖޭގެ ޚާރިޖީ ވަޒީރު ދެއްވާ ޕްރެސް ސްޓޭޓްމަންޓެއް މިއަދު ހަވީރު 4 ޖަހާއިރު ދައުލަތުގެ މީޑިއާއިން ވަގުތުން ގެނެސްދޭނެކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ މިއަދު ރާއްޖެ ވަޑައިގަންނަވާއިރު އެމެރިކާގެ މިހާ މަތީފަންތީގެ ބޭފުޅަކު އެންމެ ފަހުން ރާއްޖެ ވަޑައިގެންފައިވަނީ 1992ގައެވެ. އެފަހަރުވެސް ރާއްޖެ ވަޑައިގެންނެވީ އޭރުގެ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްކަމުގައި ހުންނެވި ޖޭމްސް އެޑިސަން ބޭކާއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ރާއްޖެ ވަޑައިގަންނަވާތީ މާލޭގެ 4 ސަރަޙައްދެއް މިއަދުގެ ވަކި ވަގުތުތަކެއްގައި ބަންދުކުރާނެކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން ބުނީ އެ ސަރަޙައްދުތައް ބަންދުކުރުމަށް ނިންމާފައި ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެއަށް ކުރައްވާ ދަތުރުފުުޅުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްކަމަށެވެ. އެގޮތުން ބަންދުކުރުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރާ މަގާއި، ސިނަމާލެ ބްރިޖާއި، ގްރީން ޒޯނާއި އަދި ބޮޑުތަކުރުފާނު މަގުގެ ބައެއް ސަރަހައްދުތައްކަމަށް ފުލުހުން ބުނެއެވެ. އަދި ސަރަޙައްދުތައް ބަންދުކުރާނީ މާދަމާގެ މެންދުރު 12:30އިން ފެށިގެން ރަސްމިއްޔާތުގެ ކަންކަން ނިމެންދެންކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ މިސަރަހައްދުތައް ބަންދުކުރާ ވަގުތުގައި ދުއްވާ އުޅަނދުތަކާއި ހިނގާ މީހުންނަށްވެސް އެ ސަރަޙައްދުތަކަށް ނުވަދެވޭނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން