ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސައްތައިން ސައްތަ ދިވެހި ވިޔަފާރިތަކަށް ބޭރުގެ ފަރާތްތަކުން އަތްގަދަ ކުރަމުންދާ މައްސަލަ ރައްޔިތުންގެ މަޖިލީހުން އިސްނަގައިގެން ބަލަންޖެހޭ ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
މަޖިލީހަށް ސަރުކާރުން ހުށަހެޅި "އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު" އަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން އޭނާ ފާހަގަކުރެއްވީ، ކުދި ވިޔަފާރިތަކުގެ ނަފާއާއި މުޅި އިންވެސްޓްމަންޓް ބޭރު މީހުން ކޮންޓްރޯލް ކުރަމުންދާ ކަމަށެވެ.
ހާއްސަކޮށް މާލޭގައި ހިންގާ ގިނަ ވިޔަފާރިތައް ބޭރުގެ ފަރާތްތަކުން އަމަލީ ގޮތުން ހިންގަމުން ދިއުމަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ މައްސަލައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މީގެއިތުރުން، ރިސޯޓުތައް ތަރައްގީކުރުމާއި ކޮންސްޓްރަކްޝަން ދާއިރާގެ ބޮޑެތި ޕްރޮޖެކްޓުތަކުގައި ވެސް ބިދޭސީންގެ ދައުރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން މެންބަރު ފާހަގަކުރެއްވިއެވެ.
މިފަދަ އިގްތިސާދީ މަސައްކަތްތަކުގައި ބިދޭސީން އިސްކޮށް ހަރަކާތްތެރިވާން ފެށުމުގެ ސަބަބުން، ދައުލަތަށް ދައްކަންޖެހޭ ޓެކްސް ދެއްކުމަށާއި އެހެނިހެން ގާނޫނީ ކަންކަމަށް ބޮޑެތި ގޮންޖެހުންތަކާއި މައްސަލަތައް ކުރިމަތިވަމުންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު