ރައްޔިތުންގެ މަޖިލީހަށް ކުރިން ހުށަހަޅާފައިވާ ޕެޓިޝަނެއްގައި ފިޔަވަޅު އެޅުމަށް ގޮވާލާފައިވާ ކަމެއްގައި، އަލުން އެހެން ޕެޓިޝަނެއް ހުށަނޭޅޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މާއްދާ އުނިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އިސްލާޙް އާންމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 272 ވަނަ މާއްދާގެ (ނ) ގެ ދަށުން، ގަވާއިދުގެ 1-257 ވަނަ މާއްދާގެ (ޅ) އުނިކުރުމަށް މަމްދޫޙް ހުށަހެޅުއްވި މި އިސްލާޙް އާންމު ކޮމިޓީން މިއަދު ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ ތެރެއިން 7 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މަޖިލީހުގެ ގަވާއިދަށް މިފަދަ ބަދަލެއް ގެންނަން ހުށަހެޅީ، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ލާމަރުކަޒީ ޤާނޫނަށް ހުށަހެޅުއްވި އިސްލާހަކާ ގުޅިގެން ޕެޓިޝަންތަކެއް ހުށަހަޅަމުންދާ ދަނޑިވަޅެއްގައެވެ. މެންބަރު ޙަންނާނު ހުށަހެޅުއްވި އިސްލާހުގައި ވަނީ، ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ފަޅުތައް ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން ދައުލަތަށް ނެގޭގޮތަށް ހެދުމަށެވެ.
މި އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައި އާންމުންގެ ފަރާތުން ހުށަހެޅި ޕެޓިޝަނުގައި 2،100 އަށް ވުރެ ގިނަ މީހުން ސޮއިކުރުމާ ގުޅިގެން، އެއަށް ވަނީ "ހާއްސަ ޕެޓިޝަނެއް" ގެ ދަރަޖަ ލިބިފައެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން މި އަދަދަށް ސޮއި ހަމަވާ ޕެޓިޝަންތައް ސަރުކާރުގެ ސަމާލުކަމަށް ގެނެސް، މަޖިލީހުގެ ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއެއްގައި ތަޅުމުގައި ބަހުސްކުރުން ލާޒިމުވާނެއެވެ.
މި ޕެޓިޝަނުގައި ފާހަގަކޮށްފައިވަނީ، ލާމަރުކަޒީ ޤާނޫނަށް ގެންނަން އުޅޭ މި ބަދަލުގެ ސަބަބުން ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުންގެ ބާރުތައް ކެނޑި، އެ ބާރުތައް ކެބިނެޓަށް ޖަމާވާނެ ކަމަށެވެ. އަދި ސަރުކާރުގެ ނިންމުންތަކަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ކައުންސިލަރުންނަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ފަހިވެގެންދާތީ، މިއީ ލާމަރުކަޒީ ނިޒާމުގެ އަސްލު ރޫހާ މުޅިން ހިލާފު ކަމެއް ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
ނަމަވެސް، މި ޕެޓިޝަނާ ދެކޮޅަށް، ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދުކޮށް އިއްޔެ ވަނީ އިތުރު ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައެވެ. އެ ޕެޓިޝަނުގައި ވަނީ ކުރިން ހުށަހެޅި ޕެޓިޝަނަކީ ސިޔާސީ މަގުސަދެއްގައި ހުށަހަޅާފައިވާ އެއްޗެއް ކަމަށާއި، މި އިސްލާހުގެ ސަބަބުން ގައުމުގެ ތަރައްގީއަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
މަޖިލީހުގެ ގަވާއިދު މިހާރު އޮތްގޮތުން، އެއް މައްސަލައެއްގައި ފިޔަވަޅު އެޅުމަށް އެދި ކުރިން ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށް، އެ ކަމަކާ ގުޅޭގޮތުން އިތުރު ޕެޓިޝަނެއް ހުށައެއް ނޭޅެއެވެ. މެންބަރު މަމްދޫހު ހުށަހެޅުއްވި އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްވެއްޖެނަމަ، އެއް މައުޟޫއެއްގައި އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކުން މަޖިލީހަށް ޕެޓިޝަން ހުށަހެޅުމުގެ ފުރުސަތު ތަނަވަސްވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު