އަހުމަދު މަސްނޫމް   28 އޮކްޓޯބަރު 2020 - 15:10
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމުގެ ފަތްކޮޅު ގާސިމްއާ ހަވާލުކުރައްވަނީ
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމުގެ ފަތްކޮޅު ގާސިމްއާ ހަވާލުކުރައްވަނީ
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން، އެންއައިސީގެ ރައީސްކަމަށް ޤާސިމް އަބްދުލްކަރީމް އައްޔަނުކުރައްވައިފިއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ޤާސިމް ހިމެނޭހެން 4 ބޭފުޅަކު، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައި ވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. ގާސިމްއަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތް ފަޅާ އަރުވާލައިގެން އާއްމުންގެ ސަމާލުކަން ލިބިވަޑައިގަތް ބޭފުޅެކެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން، އެންއައިސީގެ ރައީސްކަމަށް ގާސިމް އައްޔަންކުރައްވައި، އެކަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އަންގަވާފައިވާކަމަށް މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ އިއުލާނު ކުރައްވާފައެވެ.

ގާސިމްގެ އިތުރުން އެންއައިސީއަށް އައްޔަންކުރެއްވި ހަތަރު ބޭފުޅުންނަކީ، ފާދިއްޕޮޅު ނައިފަރު، ނިކަގަސްދަށުގެ ޤާސިމް ޢަބްދުލްކަރީމާއި، މާފަންނު ޕިސްތާގެ އާމިނަތު ޝާދިޔާއާއި، ގަލޮޅު ދޫރެސްވިލާ އަލްއުސްތާޛާ ޢާޝިޔަތު ޝިއުނާއާއި، ދަފްތަރު ނަންބަރު ރސ، 1188 އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަޙްމާނެވެ. އަދި މިދިޔަ އަހަރު އެމަޤާމަށް އައްޔަންކުރައްވާފައިވާ ވިލިމާލެ ދިވެތި ކާނަލް (ރިޓަޔަރޑް) އަޙްމަދު ޖިހާދާއެކު ފަސް މެންބަރުން ތިއްބަވާ ކޮމިޝަންގެ މެންބަރުންގެ ޢަދަދު ވަނީ ހަމަވެފައެވެ.

ނޭޝަނަލްއިންޓެގްރިޓީ ކޮމިޝަނަކީ، ކަސްޓަމްސް ސަރވިސް އާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި، މޯލްޑިވްސް އިމިގްރޭޝަން ގެ މުވައްޒަފުން ކުރާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ބަލައި ތަޙްޤީޤުކުރުމާއި، އެފަދަ ޢަމަލެއްކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމަށް ނުވަތަ ހިންގަން އުޅޭކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅައިފިނަމަ، އެކަމެއް ބަލައި ތަޙްޤީޤުކުރުމަށް އުފައްދަވާފައިވާ މިނިވަން މުއައްސަސާއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން