އަހުމަދު މަސްނޫމް   28 އޮކްޓޯބަރު 2020 - 15:20
މިނިސްޓަރ އޮފް ހެލްތުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި، އަޙްމަދު ނަސީމް، ކެރަފާ ނަސީމަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފިއެވެ.

ނަސީމަށް ރުހުން ދިނުމާމެދު މަޖިލީހުން ގޮތެއް ނިންމާނީ ކޮމިޓީން ދިރާސާކުރުމަށްފަހުއެވެ.

ނަސީމް ހެލްތު މިިނިސްޓަރުކަމުގެ މަޤާމަށް އައްޔަންކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އޭގެ ކުރިން އެމަނިކުފާނު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުކަމުގެ މަޤާމުގައެވެ. މީގެއިތުރުން އެމަނިކުފާނަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަމުގެ މަޤާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

މިނިސްޓަރ އޮފް ހެލްތުގެ މަޤާމަށް ނަސީމް ޢައްޔަންކުރެއްވީ އެމަޤާމުގައި ކުރިން ހުންނެވި އަބްދުﷲ އަމީން މަޤާމުން އިސްތިއުފާދެއްވުމުންނެވެ. ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވެގެން އަމީން އިސްތިއުފާދެއްވިއިރު، އޭނާ މަޤާމުން ވަކިކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް އެމްޑީޕީން އޮތީ މަޖިލީހަށް ވައްދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން