ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް ދައުލަތުގެ ބަޖެޓުން ހަމަޖައްސައިދޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލުމަށް ގޮވާލައި ހުށަހަޅާފައިވާ އީ-ޕެޓިޝަނުގައި 3,600 އަށްވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ.
މިއީ ދިވެހިރާއްޖޭގައި މިހާތަނަށް އީ-ޕެޓިޝަނަކަށް އެންމެ ގިނަ އަދަދަކަށް ސޮއި ލިބުނު ފަހަރެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން 2,100 ސޮއި ހަމަވުމުން އެ ޕެޓިޝަނެއް މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަކަށް ދިރާސާކުރަން ފޮނުވަން ލާޒިމުވާނެއެވެ.
ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުއަމް ސައުދު ހުށަހެޅި މި ޕެޓިޝަނުގައި ފާހަގަކޮށްފައިވަނީ، އާންމު ރައްޔިތުންގެ ޓެކްސް ފައިސާއިން މަޖިލިސް މެންބަރުންނަށް އާންމުންނަށް ނުލިބޭ ފަދަ ހާއްސަ އިންޝުއަރެންސެއް ދިނުމަކީ ތަސައްރަފު ފުދިފައިވާ ސިޔާސީ ނިޒާމުތަކުގައި ކަންކުރާ ގޮތެއް ނޫން ކަމަށެވެ.
އަދި ދުނިޔޭގެ އެންމެ ބޮޑެތި އިގުތިސާދުތައް ހިމެނޭ ގައުމުތަކުގައިވެސް ކުރީގެ މެންބަރުންނަށް އުމުރުދުވަހުގެ ހެލްތު އިންޝުއަރެންސް ދިނުމުގެ އުސޫލެއް ނޯންނަކަން ދިރާސާތަކުން ދައްކާ ކަމަށްވެސް ބުނެފައިވެއެވެ.
މިހާރު އޮތް ގާނޫނުގެ ދަށުން މަޖިލީހުގެ މެންބަރުންނާއި އެ ބޭފުޅުންގެ އަނބިކަނބަލުން/ފިރިކަލުން އަދި 18 އަހަރު ނުފުރޭ ދަރިންގެ އިތުރުން ކުރީގެ މެންބަރުންނަށް ރާއްޖެއާއި، ސާކް އަދި އާސިއާން ގައުމުތަކުން (މެލޭޝިއާ، ތައިލެންޑް، ސިންގަޕޫރު ހިމެނޭހެން) އިންޝުއަރެންސް ލިބެއެވެ.
ޕެޓިޝަނުގައި އެދިފައިވަނީ މި ގާނޫނީ މާއްދާތައް އުވާލައި، މަޖިލިސް މެންބަރުންނަކީވެސް އާންމު ރައްޔިތުންނެކޭ އެއްފަދައިން ގައުމީ ސިއްހީ އިންޝުއަރެންސްގެ ހިދުމަތް އެއް އުސޫލަކުން ލިބޭ ބަޔަކަށް ހެދުމަށް ގާނޫނަށް އިސްލާހު ގެނައުމަށެވެ.

ކިޔުންތެރިންގެ ހިޔާލު