މިހާރު އޮތް ސަރުކާރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މުވައްޒަފުން ނަގަމުންދާ ނިސްބަތާއި، ކުރީގެ އެމްޑީޕީ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ކުންފުނިތަކަށް ވަޒީފާއަށް ނަގާފައިވާ މުވައްޒަފުންގެ އަދަދުތަކުގެ ތަފްސީލު ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ހާމަކުރައްވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަމުގައި ސަރުކާރު ކުންފުނިތަކަށް 18،053 މުވައްޒަފުން ނަގާފައިވާ ކަމަށެވެ.
ނަމަވެސް، މި ސަރުކާރު އައި ފަހުން މިހާތަނަށް ކުންފުނިތަކަށް ނަގާފައި ވަނީ 4،938 މުވައްޒަފުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރިކޯޑުތަކާ ހަވާލާދެއްވައި މިނިސްޓަރު ވިދާޅުވީ، 2018 ވަނަ އަހަރު ސަރުކާރު ކުންފުނިތަކުގައި ތިބީ 18،676 މުވައްޒަފުން ކަމަށެވެ.
ނަމަވެސް 2019 އިން 2023 އަށް އެ އަދަދު 100 އިންސައްތަ އިތުރުވެ، މުވައްޒަފުންގެ އަދަދު 36،729 އަށް އެރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ސަރުކާރުން އިތުރުކުރި މުވައްޒަފުންނާއެކު، މިހާރު ސަރުކާރު ކުންފުނިތަކުގައި ޖުމްލަ 41،667 މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ސިޔާސީ ފިކުރަށް ބަލައިގެން މުވައްޒަފުން ވަކިކުރާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވުމުން ނުވަތަ ހިޔާލު ފާޅުކުރުމުން މުވައްޒަފުން ވަކިކުރުމަކީ މި ސަރުކާރުން ގަބޫލުކުރާ އުސޫލެއް ނޫން ކަމަށެވެ.
އަދި އެފަދަ އެއްވެސް އެންގުމެއް ފިނޭންސް މިނިސްޓްރީން ކުންފުނިތަކަށް އަންގާފައި ނުވާނެ ކަމަށްވެސް އޭނާ ސާފުކޮށްދެއްވިއެވެ. ޒަރީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ އާބާދީގެ 53 އިންސައްތަ މީހުންނަކީ ޕަބްލިކް ސެކްޓާ މުވައްޒަފުންނެވެ.
މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އޮތީ ވަރަށް ނާޒުކު އަދި "އަންސްޓްރަކްޗާ" ހާލަތެއްގައި ކަމަށާއި، ކުރިއަރާފައިވާ ގައުމުތަކެކޭ އެއްފަދައިން އިގްތިސާދު ހަރުދަނާކުރަން ބޭނުންނަމަ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ކުންފުނިތަކަކީ ލިބޭ އާމްދަނީއާ އެއްވަރަށް ހަރަދުތައް މެނޭޖްކުރެވޭ، ދެކޮޅުޖެހޭ ތަންތަނަށް ހެދުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު