ޝިޔާމްގެ ހާލުކޮޅު ދެރަވެގެން ހޮސްޕިޓަލުގައި ފަރުވާދެނީ
ޝިޔާމްގެ ހާލުކޮޅު ދެރަވެގެން ހޮސްޕިޓަލުގައި ފަރުވާދެނީ
މިދިޔަ ޖޫންމަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް ދިން ޙަމަލާގެ ސަބަބުން އެމަނިކުފާނަށް ސިއްހީ އެކިއެކި މައްސަލަތައް ކުރިމަތިވަމުން އަންނަ ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމްގެ ހާލުކޮޅު ދެރަވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ މި ދަނޑިވަޅުގައި ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނީ ޕްރޮގްރެސިވް ޕާޓީގެ ނައިބުރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މަޖިލީހުގައި ހުންނަވަނިކޮށް ޞިއްޙީ ޙާލުކޮޅު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާކަމަށެވެ. އަދި ޝިޔާމްގެ ޓެސްޓްތަކެއް ހަދާ އިތުރަށް ޗެކްކޮށްލަން ޑޮކްޓަރު ބޭނުންވާތީ އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކުރެވިފައިވާކަމަށްވެސް ޕީޕީއެމުން ބުނެއެވެ. ޕީޕީއެމްއިން ބުނީ ޝިޔާމް ޓެސްޓުތަކުން ކޯވިޑް 19އަށް ނެގެޓިވްކަމަށާއި އޭނާގެ ޙާލުވެސް ރަނޅުވަމުން އަންނަ ކަމަށެވެ.

ޕީޕީއެމްގެ ބަޔާނުގައި 2 ޖޫން 2020 ވަނަ ދުވަހުގެ ދަންވަރު 1:30 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ ތަޅުމުގައި ޕީޕީއެމްގެ ނައިބުރައީސް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމަށް ދިން ޙަމަލާގައި މައިބަދައަށް ލިބުނު އަނިޔާތަކާ ގުޅިގެން، އޭނާއަށް ސިއްޙީ އެކިއެކި މައްސަލަތައް ކުރިމަތިވަމުންދާކަން

ވަނީ ފާހަގަކޮށްފައެވެ.

ޝިޔާމަށް ދިން ޙަމަލާގައި މައިބަދައަށް ލިބުނު އަނިޔާތަކާ ގުޅިގެން ޕީޕީއެމުން ވަނީ އައިޕީޔޫއަށްވެސް އެމައްސަލަ ހުށަހަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން