އަހުމަދު މަސްނޫމް   28 އޮކްޓޯބަރު 2020 - 17:37
ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބަލަމުންދާ ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަން މައްސަލައިގައި ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް މިއަދު ހާޒިރުކުރި ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފިއެވެ.

ކޯވިޑާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ގެނައުމުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަ ޖުޑިޝަރީ ކޮމިޓީން ބަލަމުންދާއިރު، ޝަމީމް ހާޒިރުކޮށްފައިވަނީ ހެނދުނު 11 ޖެހިއިރު އޮތް ކޮމިޓީގެ ބައްދަލުވުމަކަށެވެ. ނަމަވެސް އެކޮމިޓީ ސިއްރުކުރުމަށް ކޮމިޓީގެ މެމްބަރުން ވަނީ ނިންމާފައެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ބަލަން ނިންމީ، ހެލްތު މިނިސްޓްރީން ޢަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދައި ދެވެންދެން އެމައްސަލަ މަޖިލީހުން ބެލުމަށް މަޖިލީހުގެ ރައީސް ނިންމެވުމުންނެވެ.

ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުން ޕީޖީ ހާޒިރުކޮށްފައިވާއިރު، ވެންޓިލޭޓަރު ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކުރެވޭނެ ހެއްކެއް ނެތްކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ. ނަމަވެސް ވެންޓިލޭޓަރުތަކެއް ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާ މުޢާމަލާތްތަކެއް ހިންގާފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އޭސީސީން ވަނީ އެމައްސަލަ ތަޙްޤީގުކޮށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށްވެސް ފޮނުވާފައެވެ. ނަމަވެސް ޕީޖީ ވިދާޅުވީ ވެންޓިލޭޓަރުތަކެއް ގެނައުމަށް ހެލްތު މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަކަކީ ވަކިބަޔަކަށް މަންފާއެއް ވާގޮތަށް ކޮށްފައިވާ މަސައްކަތެއްކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް އޭސީސީގެ ތަޙުޤީޤުން ފެންނަން ނެތްކަމަށެވެ.

އޭސީސީން މިހާރު އެ މައްސަލަ އަލުން މުރާޖަޢާ ކުރުމަށްފަހު އޭސީސީއަށް ހުށައަޅާފައެވެ،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން