ޒީނާ ޒާހިރު
ޒީނާ ޒާހިރު
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުކަމުގައި ހުންނެވި ޒީނާ ޒާހިރު އެމަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާދެއްވުމަށްފަހު ޒީނާ ޒާހިރު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އެކަން ސިޓީއަކުން އަންގަވާފައެވެ.

ޒީނާ މަޤާމުން އިސްތިއުފާދެއްވިއިރު، އޭނާ މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ނިންމާ، މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ނިންމާފައެވެ.



މަޤާމުން އިސްތިއުފާދެއްވިކަން އަންގާ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވި ސިޓީގައި ޒީނާ ވިދާޅުވެފައިވަނީ 2016 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 5 ވަނަ ދުވަހު ބްރޯޑްކޮމްގެ މެމްބަރުކަމަށް އައްޔަންކުރެވުނު ހިސާބުން އޭނާގެ މަސްޢޫލިއްޔަތުތައް ދިޔައީ ފުރިހަމައަށް އަދާކުރަމުންކަމަށެވެ. އަދި އޭނާ މަޤާމުން ވަކިކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ނިންމުމަކީ އިންސާފުވެރި ނިންމުމެއް ނޫންކަމަށްވެސް ޒީނާ ވިދާޅުވެފައިވެއެވެ.

ޒީނާ މަޤާމުން އިސްތިއުފާ ދެއްވާފައިވާއިރު އެކޮމިޝަނުގައި ކުރިން ތިއްބެވި މެންބަރުންގެ ތެރެއިން އެންމެ މެންބަރަކު ފިޔަވައި އެހެން މެންބަރުން މަޤާމުން އިސްތިއުފާ ދެއްވީވެސް މަޖިލީހުން އެބޭފުޅުން ވަކި ކުރަން ނިންމާފައި ވަނިކޮށެވެ. މިހާރު އެކޮމިޝަނުގައި ތިއްބެވި މެންބަރުންގެ ތެރެއިން އެންމެ މެންބަރެއް ފިޔަވައި ދެން ތިބި މެންބަރުންނަކީ މި ސަރުކާރުން އައްޔަންކުރެއްވި މެމްބަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން