އަހުމަދު މަސްނޫމް   28 އޮކްޓޯބަރު 2020 - 18:40
މިއަހަރު ދެން އަންނާނެ އެންމެ ރީތި އެއް ތާރީހުކަމަށްވާ 2020-11-11 ގެ ތަރީޚުގައި ކައިވެނި ނުކޮށްދޭނެކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.

ފެމިލީ ކޯޓުން ބުނީ މިއަހަރުގެ ހުރިހާ ދުވަސްތަކެއްގައި ކައިވެނިކޮށްދޭ ގޮތަށް ކުރިން ހަމަޖެހިފައި އޮތްނަމަވެސް، ކޯވިޑާ ގުޅިގެން ކައިވެނިކޮށްދޭ ދުވަސްތަކަށް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. އެގޮތުން މިހާރު ފެމިލީ ކޯޓުން ކައިވެނިކޮށްދޭނީ ރަސްމީ ދުވަސްތަކުގެ ރަސްމީ ވަގުތުތަކުގައި އެކަނިކަމަށް ކޯޓުން ބުނެފައި ވެއެވެ. އެހެންކަމުން މިއަހަރު ދެން އަންނަ އެންމެ ރީތި އެއް ތާރީހުކަމަށްވާ 2020-11-11 ގައި ފެމިލީ ކޯޓުން ކައިވެނި ނުކޮށްދޭނެކަމަށް އެކޯޓުން މިހާރު ވަނީ ބުނެފައެވެ.

ކޯވިޑާ ގުޅިގެން ފެމިލީ ކޯޓުން ވަނީ ކައިވެނިކޮށްދިނުމުގައި ގެންގުޅޭ އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މިހާރު ގޭގެއަށް ގޮސް ނުވަތަ ކޯޓުގައި ކައިވެނިކުރުމުގެ ބަދަލުގައި ކައިވެނި ކުރަންޖެހެނީ އޮންލައިންކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން