އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ޕޮމްޕެއޯއަށް ވެލާމާ އިންޓަނޭޝަނަލް އެއަރޕޯޓުން މަރުޚަބާ ވިދާޅުވީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ. ޕޮންޕެއޯ ރާއްޖެ ވަޑައިގަތީ މިސަރަޙައްދުގެ 4 ޤައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެންނެވެ.

ޕޮމްޕެއޯ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާފައިވާއިރު، މިއީ ވޭތުވެދިޔަ 28 އަހަރުގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވާ އެމެރިކާގެ އެންމެ އިސް އޮފިޝަލެވެ. މީގެކުރިން އެމެރިކާގެ އެންމެ އިސް އޮފިޝަލަކު ރާއްޖެ ވަޑައިގަންނަވާފައިވަނީ 1992 ވަނަ އަހަރުއެވެ. އެފަަހަރުވެސް ރާއްޖެ ވަޑައިގަތީ އެމެރިކާގެ ޚާރިޖީ ވަޒީރެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރުގެ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޚްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ފޮރިން މިނިސްޓްރީން ބުނީ ޕޮންޕެއޯގެ މިދަތުރުފުޅުގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާ ބައްދަލުކުރައްވާ ރަސްމީ ވާހަކަތައް ބާއްވާނެކަމަށެވެ. މީގެއިތުރުން އެމެރިކާގެ ޚާރިޖީ ވަޒީރާއި ރާއްޖޭގެ ޚާރިޖީ ވަޒީރު ދެއްވާ ޕްރެސް ސްޓޭޓްމަންޓެއް މިއަދު ހަވީރު 4 ޖަހާއިރު ދައުލަތުގެ މީޑިއާއިން ވަގުތުން ގެނެސްދޭނެކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން