އަލިފާނުގެ ޙާދިސާ
އަލިފާނުގެ ޙާދިސާ
މާލޭގެ މ. ބާޑްލައިން ގޭގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، އެ ގޭގައި ދިރިއުޅޭ 7 މީހަކަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފިއެވެ.

އެންޑީއެމްއޭ އިން ބުނީ، މި ހާދިސާ ހިނގާފައިވަނީ މ. ބާޑްލައިންގެ 8 ވަނަ ފަންގިފިލާގެ އެޕާޓްމަންޓް ބީ ގައި ކަމަށެވެ. އަދި އަލިފާން ރޯވާން މެދުވެރިވީ އެ އެޕާޓްމަންޓުގައި ހުރި ކަރަންޓް ޑީ ބޯޑެއްގައެވެ. ހާދިސާގެ މައުލޫމާތު ލިބުމާއެކު ކަމާބެހޭ ފަރާތްތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވެ، ރޯވި އަލިފާން ވަނީ އެއްކޮށް ނިއްވާލާފައެވެ.

މި ހާދިސާގެ ސަބަބުން އެ އެޕާޓްމަންޓުގައި ހުރި މީހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެއެވެ.

މި ހާދިސާއާ ގުޅިގެން އެޕާޓްމަންޓުން ކަރަންޓުގެ ހިދުމަތް ކެނޑިފައިވީ ނަމަވެސް، ގޭގެ އިތުރު އެއްވެސް އެއްޗަކަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އެހެންނަމަވެސް، ކަރަންޓު ނެތުމުގެ ސަބަބުން އެ އެޕާޓްމަންޓުގައި ދިރިއުޅެން ދަތިވާތީ، އެތަނުގައި ދިރިއުޅެމުންދިޔަ 5 ފިރިހެނުންނާއި 2 އަންހެނުންނަށް ކުރިއަށް އޮތް 3 ދުވަހުގެ މުއްދަތަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު އެންޑީއެމްއޭގެ ފަރާތުން މިހާރު ވަނީ ހަމަޖައްސައިދީފައި ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް