ކޮވިޑް ސާމްޕަލް ނެގުމުގައި އާރުއާރުޓީގެ އޮފިޝަލުން ހަރަކާތްތެރިވަނީ
ކޮވިޑް ސާމްޕަލް ނެގުމުގައި އާރުއާރުޓީގެ އޮފިޝަލުން ހަރަކާތްތެރިވަނީ
ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްތައް ނުވަތަ ބަލިޖެހިފައި ތިބި މީހުންގެ އަދަދު ހާހުން ދަށަށް ވެއްޓި ކޮވިޑްގެ ސަބަބުން ލިބިފައިވާ ހާސްކަން ކޮންމެވެސް ވަރަކަށް ކުޑަވެއްޖެއެވެ.

މި ހިނގާ އޮކުޓޫންބަރު މަސް ފެށުނުއިރު 10354 މީހަކު ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ކޮވިޑް އެކްޓިވް ކޭސްތައް ނުވަތަ ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 1126 ގައެވެ. 18 ދުވަސް ފަހުން މިމަހުގެ 19 ވަނަ ދުވަހު ރާއްޖޭގައި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދު ފުރަތަމަ ފަހަރަށް ވަނީ 1000 އިން ދަށައް ވެއްޓިފައެވެ.

އޭގެފަހުން މި މަސް ނިމެންދާއިރު ކޮވިޑް އެކްޓިވް ކޭސްތަށް ވަނީ 1000 އިން ދަށުގައި ހިފެހެއްޓިފައެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިމަހު އެވްރެޖްކޮށް ދުވާލަކަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު އުޅެނީ 50 އިން ދަށުގައެވެ. އެހެން ނަަމަވެސް އެ އަދަދު ބައެއް ދުވަސް ދުވަހު 80 އަށް ވެސް އަރައިގެން ގޮސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މިމަސް ފެށުނުއިރު ރާއްޖޭގައި ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑިމިޓްކޮށްގެން ފަރުވާދެމުން ގެންދިޔައީ 79 މީހުންނެވެ. އެހެން ނަަމަވެސް ބަލީގެ ހާލަތު ރަނގަޅުވެ ހޮސްޕިޓަލުގައި އެޑިމިޓްކޮށްގެން ފަރުވާ ދެމުންދާ އަދަަދުވެސް މިހާރު ވަނީ ދަށައް ގޮސްފައެވެ. އެގޮތުން މިހާރު ހޮސްޕިޓަލުގައި އެޑިމިޓްކޮށްގެން ފަރުވާ ދެމުންދަނީ 47 މީހުންނެވެ.

އިއްޔެ އާއި ހަމަޔަށް 11567 މީހަކު ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 871 ގައެވެ. ރާއްޖޭގައި މިބަލީގައި ނިޔާވެފައިވަނީ 37 މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން