(އެމްޑީއެން) ގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމު އަދާކުރި ޝަހިންދާ އިސްމާއިލް
(އެމްޑީއެން) ގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމު އަދާކުރި ޝަހިންދާ އިސްމާއިލް
ރައްޔިތުންގެ މަޖިލީހުން ބޭއްވި ފޯރަމެއްގައި، އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމު އަދާކުރި ޝަހިންދާ އިސްމާއިލް އަށް ފުރުސަތު ދީ އޭނާގެ ޚިޔާލު ހޯދައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެންމެ ބޮޑު ރިޔާސީ ވައުދު ކަމުގައިވާ އިންތިޤާލީ އިންސާފު ހޯދައިދިނުމަށް އެކުލަވާލި ބިލަށް ޚިޔާލު ހޯދަން ބޭއްވި ފޯރަމުގައި ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނަށް ވެސް އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހިޔާލު ފާޅު ކުރުމުގެ ފުރުސަތު ވަނީ ދީފައެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީސް ފެށި ފަހުން މަޖިލީހުގެ އިދާރާގައި ޚިޔާލު ހޯދަން އާންމުންގެ އެކި ފޯރަމްތައް މީގެ ކުރިން ވެސް ބާއްވާފައިވާއިރު މިފަދަ ފުރުސަތެއް ދީފައިނުވާ ކަން ފާހަގަކުރެވެއެވެ. ޖަރުމަންވިލާތުގައި މި ވަގުތު ހުރި ޝަހިންދާ ވެސް އޯޑިއޯ ކޮންފެރެންސްކޮށް ފޯރަމުގައި ބައިވެރިވެ ޚިޔާލު ހުށައަޅާފައި ވެއެވެ. ބިލުގައި، މައްސަލަތައް ބަލަން އެކުލަވާލާ އޮމްބަޑްސްމަންގެ އޮފީސް ދެމި އޮންނާނީ ދެ އަހަރުގެ މުއްދަތަކަށް ކަމަށް ބިލުގައި އޮތް އޮތުން ބަދަލުކޮށް އެ މުއްދަތު ދިގުކޮށްދޭން އޭނާ ވަނީ ޚިޔާލު ހުށައަޅާފައެވެ. މީގެ އިތުރުން ހެކިވެރިންގެ ހައްޤުތައް ބިލުގައި ބަޔާން ކޮށްފައި ވަނީ ވަރަށް ހަނި ގޮތަކަށް ކަމާއި އެ ދާއިރާ ބިލުގައި ފުޅާކޮށްދޭން ޝަހިންދާ އެދިފައިވެއެވެ.

މި ފޯރަމުގައި ޝަހިންދާއަށް ފުރުސަތު ދިން ކަން އެނގުމުން މީސް މީޑިއާގައި މިހާރު ވެސް އަންނަނީ ރައްޔިތުންގެ މަޖިލީހަށާއި ވެރިކަންކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީއަށް ފާޑުކިޔަމުންނެވެ. މިކަމާ ގުޅިގެން އަދާލަތު ޕާޓީގެ ޤައުމީ މަޖިލީހުގެ މެމްބަރު ތޫބާ ރަޝީދު ކުރެއްވި ޓްވީޓަކަށް ޝަހިންދާ ވަނީ ގޮންޖަހާ ރައްދުވެސް ދީފައެވެ.

ތޫބާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޝަހިންދާއަކީ ކަނޑައެޅިގެން ރާއްޖޭގެ ޤަނޫނާއި ޚިލާފުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ އަދި ފިލައިގެން އުޅޭ މީހެއް ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުން އޭނާއަށް ފުރުސަތުދިނީ ކޮން ހައިސިއްޔަތަކުންތޯ ތޫބާ ވަނީ ސުވާލު އުފައްދަވާފައެވެ. މިކަމާއި ގުޅިގެން ޝަހިންދާ ބުނީ، އޭނާއަކީ ފިލައިގެން އުޅޭ މީހެއް ނޫން ކަމަށާއި، އެހެން ނޫން ނަމަ ސަރުކާރުގެ އިދާރާތަކަށް އޭނާއާއި ގުޅޭނެ ނަމްބަރު ދީފައި ނޯންނާނެ ކަމަށެވެ. އަދި ފުލުހުންނަށް އޮންލައިންކޮށް ނުވަތަ ފޯނުން ގުޅައިގެން ދޭން ޖެހޭ ބަޔާނެއް ދޭން ތައްޔާރަށް ހުރިކަން އަންގާފައިވާނެ ކަމަށާއި، އޭގެ ފަހުން މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ޝަހިންދާ ވަނީ ބުނެފައެވެ.

ޝަހިންދާ އިސްކޮށް އުޅޭ އެމްޑީއެންއިން ނެރުނު ރިޕޯޓުގައި ދީނަށް ފުރައްސާރަކޮށް ގިނަ ވާހަކަތައް ޝާޢިއުކޮށްފައިވާ ކަން ފާހަގަކުރެވެއެވެ. އެގޮތުން އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފާޑުކިޔައި ރަސޫލާގެ އިސްރާ މިއުރާޖް ވާހަކަ އަކީ ބުއްދި ޤަބޫލުނުކުރެވޭ ވާހަކައެއް ކަމަށާއި އަދި އިސްލާމް ދީނުގެ ބައެއް އަސާސްތަކަކީ ހަރުކަށި ކަންކަމުގެ ގޮތުގައި އެރިޕޯޓުގައި ވަނީ ސިފަކޮށްފައެވެ. އިސްލާމްދީނުގެ އަސްލުތަކާއި ޚިލާފު އެތައް ވާހަކައެއް ހިމަނައިގެން އެމްޑީއެން އިން ރިޕޯޓެއް ނެރުމުން އެޖަމިއްޔާ ސަރުކާރުން މިހާރު ވަނީ އުވާލާފައެވެ. ނަމަވެސް ރިޕޯޓް ނެރުމުގައި ބައިވެރިވި މީހުންގެ ތަހުގީގް ކުރިއަށް ނުދާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


6

ގައުމީ ލޯބި

28-Oct-2020

އޭނާޔަށާއި އޭނާގެ ބައިވެރިންނަށް ހަލާކާއި ގެއްލުން ހުރި..ﷲ ގެ އެންގެވި މިންތަކާއި އިންތައް ފަހަނަޅާދާކޮންމެ މީހަކަށް މެ އަހަރުމެންގެ ނަފުރަތާއި ނުރުހުން އަބަދުގެ އަބަދައް މެ ހުންނާނެ.. އެއީ އަމިއްލަ ފައިދާ އަކަށް ނޫން ނަމަވެސް ﷲ ޓަކައި.. އެފަދަ މީހުން މިފަސްގަނޑު ދުރުކުރައްވައި މި ދިވެހި ފަސްގަނޑު އަމާ އޮމާން ކަމާއި އެކު އިސްލާމް ދީނަށް ލޯބި ކުރާ މިޙުންގެ ތަނެއްގެ ގޮތުގައި ލައްވަވާފާނދޭވެ. އާމީން



ޓްރެންޑިން