މަޖިލީހުގެ އާންމު ކޮމިޓީ
މަޖިލީހުގެ އާންމު ކޮމިޓީ
ލާމަރުކަޒީ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދެ ޕެޓިޝަނަށް ބަހުސްކުރުމަށް، ކޮންމެ ޕެޓިޝަނަކަށް ގަޑިއިރެއްގެ ވަގުތު ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފިއެވެ.

ކައުންސިލްތަކުގެ ބިންތަކާއި އިމާރާތްތައް ދައުލަތުގެ މަރުކަޒީ ސިޔާސަތުތަކާ އެއްގޮތަށް ބޭނުންކުރުމަށް މަގުފަހިކުރުމަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލަށް ބަހުސްކުރުމުގެ ވަގުތު ކަނޑައެޅީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވައި، އަލިފުށި ދާއިރާގެ މެންބަރު އަބްދުއްލަތީފް އަބްދުއްރަހްމާން ތާއީދުކުރެއްވި ހުށަހެޅުމަކުން، ކޮމިޓީގެ ހަތަރު މެންބަރުންގެ އިއްތިފާގުންނެވެ.

މި އިސްލާހަށް ތާއީދުކޮށް، ގައުމީ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށް ގޮވާލައި އައްޑޫ މީދޫ ކައުންސިލްގެ ރައީސް އަހްމަދު ޝާތިރު އިސްވެ ހުށަހެޅުއްވި ޕެޓިޝަނުގައި 10,000 އަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ.

ނަމަވެސް، މި ބިލާ ދެކޮޅަށް އާންމު ޖަމިއްޔާތަކުން އިސްނަގައިގެން 2,300 އަށްވުރެ ގިނަ މީހުންގެ ސޮޔާއެކު އިދިކޮޅު ޕެޓިޝަނެއްވެސް ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

ސަރުކާރަށް ތާއީދުކުރާ ޕެޓިޝަނަށް ލިބުނު ސޮއިތަކަކީ ވަޒީފާގެ ބިރުދައްކައިގެން ހޯދި ސޮއިތަކެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާއިރު، މަޖިލީހުގެ ގަވާއިދުގެ 110 ވަނަ މާއްދާގެ ދަށުން މި ބަހުސްގެ ވަގުތު ބެހުމަށް ހަމަޖެހިފައިވަނީ ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިއްބެވި ނިސްބަތަށް ބަލައިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް