ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ ފުރަތަމަ ދައުރު ނިމޭއިރު އެމަނިކުފާނު ވެވަޑައިގެންފައިވާ ހުރިހާ ވައުދެއް ފުއްދަވައިދެއްވާނެކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާސް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމްގެ ވައުދުތަކާ ގުޅޭގޮތުން "ރަސް އޮންލައިން" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކުވެސް ރައީސް އިބްރާހިމްގެ ހުރިހާ ވައުދެއް ފުރިހަމަކުރެވޭނެކަމަށެވެ. ނަމަވެސް ކޯވިޑްގެ ހާލަތު އިތުރަށް ގޯސްވެއްޖެނަމަ އިތުރު ގޮންޖެހުންތަކެއް ދިމާވެދާނެކަމަށްވެސް އިޤްތިޞާދީ ވަޒީރު ފައްޔާޒު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އަދި ފެންނަގޮތުން މިހާރު ކުރިމަތި ވެފައިވާ ގޮންޖެހުން ތަކާއެކުވެސް ހުރިހާ ވައުދެއް ފުރިހަމަކުރެވޭނެ ޖުމްލަގޮތުން. އެހެންނަމަވެސް ކޯވިޑްގެ ހާލަތު މިހާރަށްވުރެ ދުނިޔޭގައި ގޯސްވެއްޖެނަމަ އިތުރު ގޮންޖެހުންތަކެއް ދިމާވާނެ." ރައީސް އިބްރާހީމްގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ އެންމެ ހިންގުންތެރި އެއް ވަޒީރުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ފައްޔާޒް އިސްމާއީލް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުިވީ ދުނިޔޭގެ އިޤްތިޞާދު ހީނަރުކަމެއްގައި އޮތްއިރުވެސް ރާއްޖެއިން އެޅި ވަރަށް ހަރުދަނާ ފިޔަވަޅުތަކަކާއެކު ވަރަށް ރަނގަޅަށް އިޤްތިޞާދު މެނޭޖްކުރެވުނުކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ގެންނަ ހަރުދަނާ ބަދަލުތަކާއެކު ރާއްޖޭގެ އިޤްތިޞާދަށް ދިރުން ލިބިގެންދާނެކަމުގެ އުއްމީދު ބޮޑުކަމަށްވެސް އިކޮނޮމިކް މިިނިސްޓަރ ވިދާޅުވިއެވެ.

"އިގްތިސާދު މިވަނީ މި އަހަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައި މުޅި ދުނިޔޭގައިވެސް. އެހެންނަމަވެސް މި ހާލަތުގައިވެސް ވަރަށް ރަނގަޅަށް މެނޭޖްކުރެވިއްޖެ. އަދި މި ކަމުގެ އަލީގައި ވަރަށް ރަނގަޅު ހަރުދަނާ ބަދަލުތަކެއް ގެނެވިއްޖެ އިގްތިސޯދުގެ ސްޓްރަކްޗަރ އަދި ރެސިލިއަންސް ވަރުގަދަކުރުމަށް. ރާއްޖެއަށްވެސް އަދި މުޅިދުނިޔެއަށްވެސް ދިމާވެފައިވަނީ ވަގުތީ ހީނަރުކަމެއް. އެއްވެސް ހާލަތެއްގައި 20 އަހަރު ފަހަތަށް ދިޔައީއެއް ނޫން. ރެވެނިއު ބޮޑުތަނުން ދައްވީ ދުނިޔެ ބަންދުވެ އެންމެން ގޭގައިބަންދުވެ މުޅިދުނިޔޭގެ އިގްދިސޯދުގައި "ބަންދު" ބޯޑު ޖެހުމުގެ ސަބަބުން. އިގްތިސޯދު ފަހަތަށް ދިޔައީއެއް ނޫން. އަދި އިރާދަފުޅު ކުރެއްވިއްޔާ ގެނެވޭ ހަރުދަނާ ބޮޑެތި ބަދަލުތަކުގެ ސަބަބުން މާ ދުޅަހެޔޮ އިގްތިސޯދަކަށް ޖާގަ ލިބިގެންދާނޭކަމަށް ދެކެނީ. ކޯވިޑްގެ ހާލަތު ރަނގަޅުވަމުން ދާނަމަ މާ ދުވެލި ބާރުކޮށް ކުރިއަށް ދިއުމަށް ފުރުސަތު އެބައޮތް." ފައްޔާޒް ވިދާޅުވިއެވެ.

ކޯވިޑްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ހީނަރުކަން ކުރިމަތިވިޔަސް، ސަރުކާރުން ދަނީ އިޤްތިޞާދު ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބޮޑެތި ވިޔަފާރިތަކުން ފެށިގެން ކުދި ވިޔަފާރިތަކާ ހަމައަށް ލޯނު ދިނުމާއި، އާމްދަނީއަށް އަސަރުކުރި ފަރާތްތަކަށް އިނާޔަތްދިނުން ހިމެނެއެވެ. އަދި ސަރުކާރަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ކުއްޔާއި އެކިއެކި ފީ ތަކަށް ލުއިދީގެން ބޮޑެތި ވިޔަފާރިތައް އިނދަ ޖެހުނަ ނުދީ ހިފެހެއްޓުމަށް ވެސް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތް ތަކެއް ކުރަމުންނެވެ.

ކޯވިޑާ ގުޅިގެން ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތި ކަމުގައި އެންމެ ބޮޑަށް އަސަރުކުރާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭނެކަން ބައިނަލްއަޤްވާމީ މާލީ އިދާރަތަކުން ވެސް ވަނީ ބުނެފައެވެ. އެގޮތުން ރާއްޖޭގެ އިޤްތިޞާދު ބަރޯސާވެފައިވާ މައިގަނޑު މަސައްކަތަކީ ފަތުރުވެރިކަމުގެ ސިނާޢަތު ކަމަށްވާއިރު ދުނިޔޭގެ ދަތުރުފަތުރު މުޅިން ހުއްޓުމުން ރާއްޖޭގެ އިޤްތިޞާދުވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ނަމަވެސް މީގެ ތިންމަސް ކުރިން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު މަދުމަދުން ރާއްޖެއަށް ފަތުރުވެރިން އަންނަން ފަށައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުވެސް މަޑުމަޑުން ހިނގައިގެންފައިވާކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


13

ހާސިނޖީ

30-Oct-2020

ފައްޔާ މޮޔަވަަހަ ތިފައްކަނީ މިވެރިކަން ބޮޑުތަނުން ވެއްޓިއްޖެ ފައްޔަ އަށް ފެންނަ ގޮތަށް ހުރިާކަމެއް ގެމްދަަން ތިކަޑައޭ



ޓްރެންޑިން