ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަލްހާން ފަހުމީ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަލްހާން ފަހުމީ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ
ހުރިހާ ކުލައެއްގެ ޔުނީފޯމް ލުމުންވެސް ކާމިޔާބު ނުވުމަކީ ޤާސިމް އިބްރާހީމްގެ ކުށެއްތޯ ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ނައިބް ރައީސް އަހުމަދު ސަޢުދު އަލްހާން ފަހުމީއަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުނު ފަހުން އެންމެ ގިނަ ޕާޓީއާއި ގުޅި އެންމެ ގިނަ ޕާޓީގެ ޕޯޑިއަމްގައި އެންމެ ގިނަ ލީޑަރުންނަށް ތަޢުރީފު ކުރަށްވައި އެންމެ ގިނަ ލީޑަރުންނާ ދެކޮޅަށް ވާހަކަ ދެއްކެވުމުގެ ރެކޯޑް ހައްދަވާފައިވާ ކަމަށް ގިނަ ބަޔަކު ސިފަކުރާ، އަލްހާން ފަހުމީ، ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓަކާ ގުޅިގެން ސައުދު ވަނީ އޭނާއަށް ރަށްދު ދެއްވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މާލޭ މޭޔަރު ކަމަށް ވާދަ ކުރަށްވާނެކަން އިޢުލާން ކުރަށްވާފައިވާ އަލްހާންގެ ޓްވީޓުގައި ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ފިކުރެއް ނޫން ކަމަށާއި، ޕާޓީއަށް 15 އަހަރު ފުރިގެން ދިޔަ އިރުވެސް ލީޑަރަކީ ގާސިމްް ކަމަށެވެ. އަދި ޖޭޕީއަކީ ގާސިމް "ވެރިކަމުގެ ހިއްސާ ހޯއްދަވަން ދަތުރުކުރައްވާ އުޅަނދަކަށް ނޫނީ ނުވި" ކަމަށް އަލްހާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އާ ސިޔާސީ ލީޑަޝިޕަކަށް ޖާގަ ނެތުމަކީ ޑިމޮކްރަސީ ދަންނަ ސަގާފަތެއް ނޫން ކަމަށެވެ.

މި ޓްވީޓަށް ރައްދު ދެއްވައި ސައުދު ކުރެއްވި ޓްވީޓެއްގައި، ސިޔާސީ ގޮތުން އަލްހާން ފެއިލް ވުމަކީ ގާސިމުގެ ކުށެއްތޯ ސުވާލު ކުރައްވާފައި ވެއެވެ. އަދި ގައުމުގެ "ހުރިހާ ކުލައެއްގެ ޔުނީފޯމް" ލުމުން ވެސް ކާމިޔާބު ނުވުމަކީ ވެސް ގާސިމްގެ ކުށެއްތޯ ސައުދު ވަނީ ސުވާލު އުފައްދަވާފައެވެ. އަލްހާން އުޅުއްވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެކޭ އެއްފަދައިން މީޑިއާގެ ސަމާލުކަން ހޯދުމަށް ކަމަށް ސައުދު ތުހުމަތުކުރެއްވިއެވެ.

ސައުދުގެ ވާހަކަ ތަކަށް ޖަވާބު ދެއްވައި އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސައުދު ވާހަކަ ދައްކަވަނީ ޒާތީ މޭރުމަކުން ކަަށެވެ. އޭނާގެ ބަސްތައް ރައްދުކުރެއްވީ ގާސިމް އިބްރާހިމް އަކަށް ނޫން ކަމަށާއި، އެއީ ޖުމްހޫރީ ޕާޓީއަށް އޭނާ ކީ ފާޑެއް ކަމަށް އަލްހާން ވިދާޅުވިއެވެ. ގާސިމަކީ ގައުމަށް ނަމޫނާ ހިދުމަތްތަކެއް ކޮއްދެއްވާފައިވާ މޮޅު "ދިވެހި ދަރިއެއް" ކަމަށް އަލްހާން ވިދާޅުވިއެވެ.

އަލްހާން އަކީ ރާއްޖޭގެ ހުރިހާ ބޮޑެތި ސިޔާސީ ޕާޓީތަކުގައި ހަރަކާތްތެރިވެ ވަޑައިގެންފައިވާ ބޭފުޅެކެވެ. ރައީސް މައުމޫންގެ ފަހަތްޕުޅުގައި ޑީއާރްޕީން ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވި އަލްހާން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރަށްވާފައެވެ. އަލްހާން ވަނީ އެމްޑީޕީއާއި ގުޅިވަޑައިގެން އެޕާޓީގެ ނާއިބު ރައީސްގެ މަގާމުވެސް ފުރުއްވާފައެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި އަލްހާން މަސައްކަތް ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި ޕީޕީއެމްގަ އެވެ.


ކިޔުންތެރިންގެ ހިޔާލު


3

ޢަުރނ

29-Oct-2020

ޥާލު އަބަދުވެސް ދާނީ ގަދަކޮޅަކަށް..



ޓްރެންޑިން