ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް މުސާރަ ދޭންޖެހޭނީ ބޭންކް އެކައުންޓަކަށް ކަމަށް ލާޒިމްކޮށް، ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވައިދު މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން އިސްލާހުކޮށްފިއެވެ.
އެ މިނިސްޓްރީން އާންމު ކޮށްފައިވާ ގަވާއިދަށް ގެނެވުނު އިސްލާހުގައި ބުނެފައިވަނީ، ބިދޭސީންނަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ މުސާރަ ޖަމާކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓްރީ ކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބޭންކެއްގައި އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށެވެ. މިއީ އެ ގަވާއިދުގެ 58 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކޮށްގެން ގެނެސްފައިވާ ބަދަލެކެވެ.
މި އިސްލާހަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ ގަވާއިދު ޝާއިއުކުރި ދުވަހުން ފެށިގެން 30 ދުވަހުގެ ފަހުންނެވެ. އެހެންކަމުން، ގަވާއިދު އާންމުކުރާތާ އެއް މަސްދުވަސް ފަހުން، ރާއްޖޭގައި ވަޒީފާ އަދާކުރާ ހުރިހާ ބިދޭސީ މުވައްޒަފުންގެ މުސާރަ އެމްއެމްއޭ އިން ހުއްދަދީފައިވާ ބޭންކު އެކައުންޓްތަކަށް ޖަމާކުރުން ވަޒީފާދޭ ހުރިހާ ފަރާތްތަކުގެ މައްޗަށް ލާޒިމްވެގެންދާނެއެވެ.
ބިދޭސީ މުވައްޒަފުންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން އަލުން ލާޒިމު ކޮށްފައިމިވަނީ، ރާއްޖޭގައި އުޅޭ ގިނަ ޢަދަދެއްގެ ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށް ދާޚިލީ ވަޒީރު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ބިދޭސީންގެ މުސާރައާއި އިނާޔަތްތައް އެ މީހުންގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާ އެކައުންޓަކަށް ޖަމާކުރުން މީގެ ކުރިން ވެސް ގާނޫނުން ލާޒިމްކުރިއެވެ. ވަޒީފާއާ ބެހޭ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހުގެ ދަށުން، އެކައުންޓަށް މުސާރަ ޖަމާނުކުރާ ވަޒީފާދޭ ފަރާތްތައް 10،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތެވެ. އޭރު އެގޮތަށް ލާޒިމްކުރީ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ ތިން އިންސައްތަ ރެމިޓެންސް ޓެކްސްގެ ގޮތުގައި ދައުލަތަށް ނެގުމުގެ ބޭނުމުގައެވެ.
ނަމަވެސް، އޭރު ސައްހަ ލިޔެކިޔުން ނެތް ބިދޭސީން ގިނަވެ، އެ މީހުންނަށް ބޭންކު އެކައުންޓު ނުހުޅުވޭ މައްސަލަ ބޮޑުވުމާ ގުޅިގެން، 28 ޑިސެމްބަރު 2017 ގައި ވަޒީފާދޭ ފަރާތްތައް ޖޫރިމަނާކުރުން އޮތީ މަޑުޖައްސާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު