އަހުމަދު މަސްނޫމް   29 އޮކްޓޯބަރު 2020 - 15:4
ގއ. ވިލިނގިލި، ލައިޓްހައުސް، ޢުމުރުން 42 އަހަރުގެ ޝަހީބް އިބްރާހިމް
ގއ. ވިލިނގިލި، ލައިޓްހައުސް، ޢުމުރުން 42 އަހަރުގެ ޝަހީބް އިބްރާހިމް
ހުޅުމާލޭ ފަޅުތެރޭގައި އޮތް ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހައްޔަރުކުރި ޝަހީބް އިބްރާހީމް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން އިސްތިއުނާފްކޮށްފިއެވެ.

ޝަހީބް އިބްރާހީމް ދޫކޮށްލާފައިވަނީ، އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ. ޝަހީބް ދޫކޮށްލާފައިވަނީ ހެކި ހުރެގެން ފުރަތަމަ ފަހަރަށް މުއްދަތު ދިނުމަށްފަހު، ތަޙްޤީޤަށް މިހާރު އިތުރަށް ލިބިފައިވާ ހެއްކާއެކު ކޯޓަށް ހުށަހެޅުުމުން ކަމަށް ފުލުހުން ބުނެފައިވެއެވެ. ޕީޖީ އޮފީހުން ބުނީ ޝަހީބް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި 7 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން އިސްކޮށް އުޅުނުކަމުގެ ތުޙުމަތުގައި ހައްޔަރުކުރި 2 މީހެއްގެ މަޢުލޫމާތު ފުލުހުން ވަނީ އާއްމުކޮށްފައެވެ. އެއީ ހއ. ހޯރަފުށި ވައިލެޓްވިލާ، ޢުމުރުން 48 އަހަރުގެ އަޙުމަދު މޫސާއާއި، ގއ. ވިލިނގިލި، ލައިޓްހައުސް، ޢުމުރުން 42 އަހަރުގެ ޝަހީބް އިބްރާހިމެވެ.

މިމަހުގެ 12 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންގައި މި މަސްތުވާތަކެތި ފުލުހުން އަތުލައިގަނެފައިވަނީ ދޯންޏަކުން މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން