ޕާކިސްތާނުގެ ފިލްމީ އަދި ޑްރާމާ އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރު ނައުމާން އިޖާޒް، އޭނާއަށް ކެންސަރު ބަލި ޖެހި ކުރިމަތިވި އުނދަގޫ ދުވަސްވަރުގެ ހަނދާންތައް އާކުރަމުން، އެ ބަލިން ރަނގަޅުވުމުގައި ސޫރަތުއް ރަޙްމާން ތިލާވަތް ކުރުމަކީ އޭނާއަށް ލިބުނު އެންމެ ބޮޑު ޝިފާ ކަމަށް ބުނެފިއެވެ.
ނައުމާން ހާމަކުރި ގޮތުގައި އޭނާއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އަމިއްލަ ޕޮޑްކާސްޓެއްގައި ވާހަކަދައްކަމުން ނައުމާން ބުނީ، އޭނާގެ ކަންފަތް ކައިރީގައި އުފެދުނު ޓިއުމަރެއްގެ އިތުރުން ބަނޑުގައި "ލިމްފޯމާ" ކެންސަރުގެ އަސަރު ހުރިކަން ޑޮކްޓަރުންނަށް ފާހަގަކުރެވުނު ކަމަށެވެ.
އެގޮތުން ކަންފަތް ކައިރީގައި އުފެދުނު ޓިއުމަރު ސާޖަރީ ހަދައިގެން ނެގި ނަމަވެސް، ކީމޯތެރަޕީ ދޭން ތައްޔާރުވެފައި ވަނިކޮށް ހެދި ސްކޭންތަކުން ބަނޑުގައި ހުރި ކެންސަރުގެ އަސަރު މުޅިން ފިލައިގޮސްފައިވާކަން އެނގުނު ކަމަށް އޭނާ ބުންޏެވެ.
ނައުމާން ކިޔައިދިން ގޮތުގައި 2024 ގައި ބަލި ޖެހުނުކަން އެނގުމުން، ކޮންމެ ދުވަހަކު ވެސް ސޫރަތުއް ރަޙްމާން ކިޔެވުމަށް އޭނާގެ ރަޙްމަތްތެރިއަކު އިރުޝާދު ދިނެވެ.
އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ކޮންމެ ދުވަހަކު އޭނާ އަންނަނީ ސޫރަތުއް ރަޙްމާން ތިލާވަތް ކުރަމުންނެވެ. އަދި އޭނާގެ ބަލި ރަނގަޅުވެ، ކީމޯތެރަޕީ ދޭން ނުޖެހި ސަލާމަތްވުމުގައި އެ ސޫރަތުގެ ބަރަކާތް ވަރަށް ބޮޑަށް ހިމެނޭ ކަމަށް އޭނާ ގަބޫލުކުރެއެވެ.
މިއީ ނައުމާން އިޖާޒްގެ އަމިއްލަ ތަޖުރިބާއާއި އީމާންތެރިކަމުގެ މައްޗަށް އަލިއަޅުވާލައި ދެއްކި ވާހަކަތަކެއް ނަމަވެސް، ކެންސަރު ބަލީގެ ފަރުވާއާއި ކީމޯތެރަޕީ ދިނުމާ ގުޅޭ ނިންމުންތަކަކީ ކޮންމެ މީހެއްގެ ވެސް ސިއްހީ ހާލަތަށް ބަލައި ޑޮކްޓަރުންގެ ލަފާގެ މަތިން ނިންމަންޖެހޭ ކަންކަމެވެ.

ކިޔުންތެރިންގެ ހިޔާލު