އެމްޑީޕީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން
އެމްޑީޕީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން
ކުޅިވަރު މުއައްސަސާތަކުގެ އިންތިޚާބުތަކަކީ އިތުބާރުކުރެވޭ ނިޒާމެއްގެ ދަށުން ކުރިއަށްދާ އިންތިޚާބުތަކަކަށް ހެދުމަށް ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ކުޅިވަރުގެ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.

ހަސަން ލަތީފް ވިދާޅުވީ ކުޅިވަރު ޤާނޫނަށް އިސްލާހު ހުށައެޅުއްވީ ކުޅުންތެރިންނާއި ކުޅިވަރު ހިންގެވުމުގެ ތަޖުރިބާކާރުންގެ ދުވަސްވީ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށްކަމަށެެވެ.



ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ކުޅިވަރާ ބެހޭ އެކިއެކި މުއައްސަސާތަކުގެ ފުށު އެރުންތައް ނައްތާލައި، އެ މުއައްސަސާތައް ޑިމޮކްރެޓިކްކޮށް، ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގުން ހިމެނެއެވެ. މީގެއިތުުރުން ކުޅިވަރުގެ އެކިއެކި މުއައްސަސާތަކުގެ އިންތިޚާބުތަކަކީ ދެ ފުށް ފެންނަ، އިތުބާރުކުރެވޭ ނިޒާމެއްގެ ތެރެއިން ކުރިއަށްދާ އިންތިޚާބުތަކަކަށް ހެދުމަކީވެސް މިބިލުގެ މަޤްޞަދެކެވެ. އަދި ކުޅިވަރާއިބެހޭ މިނިސްޓަރުގެ މަސްއޫލިއްޔަތުތަކާއި ބާރުތައްވެސް މިބިލުގައި ކަނޑައެޅިފައިވެއެވެ.

ކުޅިވަރުގެ ޤާނޫނަށް އެމްޑީޕީން އިސްލާހުތަކެއް ހުށަހަޅާފައި މިވަނީ، މިފަހުން ބޭއްވި އެކިއެކި ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުގައި މިހާރުގެ ސަރުކާރުން ތާޢީދުކުރި ބޭފުޅުންނަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައިވާ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށެވެ. އަދި ސަރުކާރަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ވަނީ މަޖިލީހާއި ކޯޓުތައް މެދުވެރިކޮށް ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށްވެސް މަސައްކަތްކޮށްފައެވެ. އެގޮތުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަން ކުރިން ކުރަށްވާފައިވާ އެމްޑީޕީގެ މަޖިލިސް މެންބަރު އަލީ އާޒިމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ބޭނުން ކުރަށްވައިގެން އެފްއޭއެމްގެ އިންތިޚާބު ހުއްޓުވުމަށް މަސައްކަތް ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން