ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސްގެ މައްޗަށް ބާސެލޯނާ ކުރި ހޯދައިފިއެވެ.
ރޭގެ މެޗް ބާސާ އިން ކާމިޔާބުކުރީ 0-2ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗު ފަށައިގެން 14 ވަނަ މިނެޓުގައި ބާސާއިން ލީޑް ނަގާފައިވާއިރު އެ ޓީމަށް ގޯލު ޖަހައިދިނީ ޑެމްބެލޭ އެވެ. މި ގޯލް ޑެމްބެލޭ ކާމިޔާބުކުރީ މެސީގެ ކެރިއަރުގައި ހެދި 300 ވަނަ އެސިސްޓްގެ އެހީގައެވެ.
މި މެޗުގައި ރޮނާލްޑޯ ނުލައި ކުޅުނު ޔުވެންޓަސްގެ މޮރާޓާ ވަނީ ފުރަތަމަ ހާފްގައި އޮފްސައިޑް ދެ ގޯލު ޖަހައިފަ އެވެ. ދެވަނަ ހާފު ފަށައިގެން މޮރާޓާ ޖެހި ތިންވަނަ ގޯލު ވެސް ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ. ބާސެލޯނާގެ ދެވަނަ ގޯލަކީ ޕެނަލްޓީއަކުން މެސީ ކާމިޔާބުކޮށްދިން ގޯލެކެވެ.
މި މޮޅާ އެކު ގުރޫޕް ޖީގެ އެއްވަނަ ބާސެލޯނާއިން ހަ ޕޮއިންޓާ އެކު ހޯދި އިރު، ޔުވެންޓަސް ދެވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު އެވެ. މި ގުރޫޕުގައި ދެން އޮތް ޑައިނަމޯ ކިއެވްއާއި، ފެރެންކްވަރޯސް ރޭ ބައްދަލު ކުރި މެޗު 2-2 އިން އެއްވަރުވުމުން އެ ދެ ޓީމަށް ވެސް މިހާތަނަށް ލިބިފައިވަނީ އެއް ޕޮއިންޓް އެވެ.

ކިޔުންތެރިންގެ ހިޔާލު