އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވުމަށް އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރައްވާ ތަން ފެންނަ ހަމައެކަނި ވެރިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އަދި ޕީއެންސީގެ އަންހެނުންގެ ގޮފީގެ ރައީސާ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ޕީއެންސީ ކޮންގްރެސް ފޯރި" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ، ސިޔާސީ ޕާޓީއެއްގައި އަންހެނުންގެ ހަރަކާތްތައް ވަރުގަދައަށް އޮތުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.
އެގޮތުން ޕީއެންސީގެ ގަވާއިދުގެ ތެރެއިން ރަސްމީކޮށް އަންހެނުންގެ ގޮފި އުފެއްދެވުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމާއެކު، ކުރިއަށް އޮތް މަތީ މަޖިލީހާއެކު ޕާޓީގެ ތެރޭގައި އަންހެނުންގެ ހަރަކާތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގައި އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދެއްވާފައިވާ މިންވަރަށް އަލިއަޅުއްވާލައްވަމުން ހީނާ ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެންމެ މަތީ މަގާމުތަކާއި، ވަޒީރުންގެ ނައިބު ފެންވަރުގެ ސިޔާސީ މަގާމުތަކުގައި ވެސް ގިނަ އަދަދެއްގެ އަންހެނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މިއީ އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ އެންމެ ބޮޑު އެއް ހެކި ކަމަށް އޭނާ ސިފަކުރެއްވިއެވެ.
މީގެއިތުރުން، ރަށްރަށުގެ ފެންވަރުގައި ހިންގާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތައް ކޮޅަށްޖެއްސެވުމަށް ރައީސް މުއިއްޒު އެޅުއްވި ފިޔަވަޅުތަކަށް ވަޒީރު ހީނާ ތައުރީފު ކުރެއްވިއެވެ.
އެގޮތުން ޑަބްލިއުޑީސީ މެމްބަރުންނަށް ރޯދަ އިނާޔަތް ދެއްވުމާއި، މުސާރަ އެއްހަމަކުރުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ އިތުރުން، ކޮމިޓީތަކުގެ ރައީސާއިންނަށް ބާރުދީގެން ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް ރައީސް އިސްކަންދެއްވާކަން ފާހަގަކުރެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ހީނާ ވަނީ، ގައުމުގެ މުސްތަގުބަލު ބައްޓަންކުރުމުގައި ފަހު ބަސް ބުނެވޭފަދަ މަތީ ފެންވަރަކަށް އަންހެނުން ގެނެސްދެއްވުމަށް ރައީސް މުއިއްޒު ކުރައްވަމުންދވާ އިޚްލާސްތެރި މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު