މީސްމީޑިއާގެ މަންސައެއް ކަމަށްވާ ފޭސްބުކްގައި އަންހެނެއްގެ ނަމުގައި ފޭކު އެކައުންޓެއް ހަދައިގެން، މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ އަތުލި މީހަކު ޖަލަށްލުމާއެކު ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކޯޓުން ހުކުމް އިއްވާފައިވަނީ ކ. ކާށިދޫ، ސިލިކޯން، އިސްމާއީލް ޒަބީހުގެ މައްޗަށެވެ. އޭނާ މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދަމުން ގޮސްފައިވަނީ "ޝާނާ ހުސެއިން" ނަމުގައި ފޭސްބުކް އެކައުންޓެއް ހަދައި، އެކި މީހުންނާ ގާތްގުޅުން އުފައްދައިގެންނެވެ.
މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާގައި ބަޔާންކޮށްފައިވާ ގޮތުގައި، ޖެނުއަރީ 2، 2022 އިން ފެށިގެން އޮގަސްޓް 20، 2024 ގެ ނިޔަލަށް ހިނގި ގާތްގަނޑަކަށް ތިން އަހަރު ދުވަހުގެ ތެރޭގައި އެ އެކައުންޓް މެދުވެރިކޮށް އޭނާ ވަނީ ޖުމްލަ 710،550 (ހަތް ލައްކަ ދިހަ ހާސް ފަސްސަތޭކަ ފަންސާސް) ރުފިޔާ އެކި މީހުންގެ އަތުން އަތުލާފައެވެ. އަދި މިއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެނގިހުރެ، އޭނާގެ އަމިއްލަ ބޭންކް އެކައުންޓަށް ޖަމާކޮށް ބޭނުންކޮށްފައިވާތީ، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އެ ހުރިހާ ފައިސާއެއް ދައުލަތަށް ނަގައިދިނުމަށް ވެސް އެދިފައެވެ.
މި މައްސަލައިގެ ޝަރީއަތް ކުރިއަށް ދަނިކޮށް، ޒަބީހު ވަނީ އަމިއްލަ އިޚްތިޔާރުގައި، އެއްވެސް މަޖުބޫރުކަމެއް ނެތި ކުށަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލާފައެވެ. އެ އެއްބަސްވުމުގައި ޤާނޫނީ ގޮތުން ފުރިހަމަވާންޖެހޭ އެންމެހައި ޝަރުތުތައް ފުރިހަމަވާތީ، ކޯޓުން ވަނީ އެ އެއްބަސްވުން ބަލައިގެންފައެވެ.
އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ވަނީ ޒަބީހު ދެ އަހަރާއި ހަ މަސްދުވަހުގެ މުއްދަތަށް ޖަލަށް ލުމަށާއި، 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. އަދި މި ޖޫރިމަނާ ފައިސާ ޖުލައި 5، 2026 އިން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ދައްކައި ޚަލާސްކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މީގެއިތުރުން، ޒަބީހު މި މައްސަލައިގައި ބަންދުގައި ހޭދަކުރި މުއްދަތު އޭނާގެ ޖަލު ހުކުމުން އުނިކުރުމުން، މިހާރު އޭނާ ޖަލުގައި ތަންފީޒު ކުރަން ޖެހޭނީ ހަތް މަހާއި 15 ދުވަހުގެ ޖަލު ބަންދެކެވެ.

ކިޔުންތެރިންގެ ހިޔާލު