ކެމްބޯޑިއާގައި ބޭއްވި 2 ވަނަ އިންޓަރ-ޕާލިމެންޓަރީ ސްޕީކާސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ރާއްޖެ ވަޑައިގެންފިއެވެ.
މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މަޖިލީހުގެ ރައީސް އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނޭ ވަފުދެއް ކެމްބޯޑިއާއަށް ފުރާވަޑައިގަތީ މިދިޔަ އޯގަސްޓް މަހުގެ 26 ވަނަ ދުވަހުއެވެ. މި ކޮންފަރެންސް ކުރިއަށްދިޔައީ އޯގަސްޓް 26 އިން 28 އަށް، ކެމްބޯޑިއާގެ ވެރިރަށް ޕްނޮމް ޕެންގައެވެ.
މި ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ "ސޮލިޑަރިޓީ ފޯ ޕީސް އެންޑް ޝެއާރޑް ޕްރޮސްޕަރިޓީ: ސްޓްރެންތެނިންގ އިންޓަރނޭޝަނަލް ލޯ އެންޑް ރިޒޮލްވިންގ ކޮންފްލިކްޓްސް ޕީސްފުލީ" މި މައުޟޫއަށް ތަޤުރީރު ކުރައްވާފައެވެ.
އެމަނިކުފާނުގެ ތަޤުރީރުގައި، ދުނިޔޭގެ ސުލްޙަމަސަލަސްކަމާއި ތަނަވަސްކަން ކުރިއެރުވުމަށްޓަކައި ޤާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙްތިރާމްކުރުމަށާއި، މަޝްވަރާގެ އުޞޫލަށް އިސްކަންދިނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ސުލްޙަ ދެމެހެއްޓުމުގައި ޤާނޫނުހަދާ މަޖިލިސްތަކުގެ ދައުރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޕާލިމެންޓަރީ ޑިޕްލޮމެސީގެ ސަބަބުން ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، މަޝްވަރާއަށް ފުރުޞަތުތައް ފަހިވެގެންދާ ކަމަށެވެ. އަދި ކުރިމަތިލުންތަކާއި އަނިޔާވެރިކަމުގެ ބަދަލުގައި އަބަދުވެސް މަޝްވަރާއާއި އެއްބާރުލުމަށް އިސްކަންދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ސުލްޙަވެރިކަމާއެކު މައްސަލަތައް ޙައްލުކުރުމަށާއި ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމަށް ޢަޒުމް އައުކުރުމަށް ޕާލިމެންޓްތަކުގެ ވެރިންނަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
މި ދަތުރުފުޅުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި ހިތަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޞްޠަފާ ޙުސައިން، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ އަޙްމަދު ނިހާން ޙުސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގެންނެވިއެވެ.
އިންޓަރ-ޕާލިމެންޓަރީ ސްޕީކާސް ކޮންފަރެންސަކީ ސުލްޙައާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، މައްސަލަތައް ޙައްލުކުރުމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކުރުމަށް މަޖިލިސްތަކުގެ ރައީސުންނާއި ލީޑަރުން އެއްތަންވާ މުހިންމު ކޮންފަރެންސެކެވެ.

ކިޔުންތެރިންގެ ހިޔާލު