އުމުރުން އެންމެ ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ވީޑިއޯ ކުރި މައްސަލައިގައި ކުއްޖާގެ މަންމަގެ އެއްވެސް ބައިވެރިވުމެއް އޮތްތޯ ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ސައުތު ސެންޓްރަލް ޕޮލިސް ރީޖަން ގައި ހިމެނޭ ރަށެއްގައި ހިނގި މި ހިތާމަވެރި ހާދިސާއާ ގުޅިގެން، ކުއްޖާގެ ބައްޕަ ކަމަށްވާ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހުކުރު ދުވަހު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް 30 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
މި މައްސަލައިގައި ކުއްޖާގެ ބައްޕަގެ އިތުރުން މަންމަގެ ބައިވެރިވުން ވެސް އޮތް ކަމަށް އަޑުފެތުރިފައިވާތީ، ފުލުހުން ބުނީ ކުއްޖާގެ މަންމައާ މެދު ކުރެވޭ ތުހުމަތުތައް ވަރަށް ސީރިއަސްކޮށް ބަލަމުން އަންނަ ކަމަށެވެ. އެގޮތުން މި ޖަރީ
މާގައި އޭނާގެ އެއްވެސް ދައުރެއް ނުވަތަ ބައިވެރިވުމެއް އޮތް މިންވަރެއް ދެނެގަތުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މީގެއިތުރުން އަނިޔާ ލިބުނު ކުޑަކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް ފުލުހުން ފާހަގަކުރިއެވެ.
މިއީ ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރުމުގެ މައްސަލައަކަށް ވާތީ، ކުއްޖާގެ ވަނަވަރާއި އިތުރު ތަފްސީލުތައް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު