މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު" ގައި ބައިވެރިވުމަށް 700 އަށްވުރެ ގިނަ ފަރާތުން ފޯމު ހުށަހަޅައި، މި ހަރަކާތަށް ބޮޑު ތަރުޙީބެއް ލިބިފައިވާކަން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ހަމަވިއިރު ލިބިފައިވާ އެޕްލިކޭޝަންތަކުގެ އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު ދެގުނައަށްވުރެ ބޮޑު އިތުރުވުމެއް ކަމަށެވެ. ވޭތުވެދިޔަ އަހަރު މި މައުރަޒުގައި ބައިވެރިވުމަށް އެދި ހުށަހެޅީ ގާތްގަނޑަކަށް 270 ފަރާތަކުންނެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި މިއީ އަލަށް ވިޔަފާރިތައް ފަށާ ފަރާތްތަކަށާއި، މިހާރު ކުރިއަރަމުން އަންނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތެރިކަމާއި ހުނަރުވެރިކަން މާކެޓަށް ދައްކާލުމަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ.
ދިވެހި މަސައްކަތްތެރިންގެ ހުނަރު އެއް ފުރާޅެއްގެ ދަށުން ދައްކާލައި، އެ އުފެއްދުންތަކަށް ރަނގަޅު މާކެޓެއް ހޯދައިދިނުމުގެ މަޤްޞަދުގައި ބާއްވާ މި މައުރަޒު އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 23 އިން 31 ގެ ނިޔަލަށެވެ. މައުރަޒަށް ވާންޖެހޭ އެންމެހައި އިދާރީ އަދި ފަންނީ ތައްޔާރީތައް މިހާރު ދަނީ ވަރަށް ބާރަށް ކުރިއަށެވެ.
މި އަހަރުގެ މައުރަޒުން ފެނިގެންދާ އެންމެ ޚާއްޞަ އެއް ކަމަކީ، ޒުވާނުންނާއި ކުޑަކުދިންގެ ހުނަރުވެރިކަމަށް ޖާގަ ދިނުމުގެ ގޮތުން އުމުރުން 13 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭ ގޮތަށް އުސޫލުތައް ލުއިފަސޭހަކޮށްފައި ވުމެވެ. މި މައުރަޒުގައި މައިގަނޑު 16 ދާއިރާއަކުން، 73 ކެޓަގަރީއެއް ހިމެނޭއިރު، އުފެއްދުންތައް ޢާންމުންނަށް ދައްކާލުމުގެ އިތުރުން މުދާ ވިއްކުމަށާއި ވިޔަފާރިތައް އިޝްތިހާރުކުރުމަށް ޚާއްޞަ ޒޯންތަކެއް ޤާއިމުކުރެވިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު