ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންނަވާ އިޤްތިޞާދީ ބަދަލުތަކާއި ސިޔާސަތުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް އެއްވެސް ފައިދާއެއް ވާތަން ނުފެންނަ ކަމަށާއި، ފެންނަނީ އިޤްތިޞާދު ބޮޑުތަނުން ފުނޑިގެންދާ ތަން ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ލީޑަރު އަދި މަރަދޫ ދާއިރާގެ މެންބަރު އަޙްމަދުދީދީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޑެޕިއުޓީ ލީޑަރު އަދި މަރަދޫ ދާއިރާގެ މެންބަރު ދީދީ ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި 40 ޕަސެންޓް ޑޮލަރު މާރުކުރާ ގޮތަށް ގަވާއިދު ބަދަލުކުރީ ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުންނާއި ސަރުކާރުން މަޝްވަރާނުކޮށް އެބޭފުޅުންގެ ޚިޔާލުތަކަށް ރިއާޔަތްނުކޮށް ކަމަށެވެ.
ދީދީ ވިދާޅުވީ ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލި ކަންބޮޑުވާ ހާލަތަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން 23 ރުފިޔާއަށްވެސް ހަޤީޤަތުގައި ޑޮލަރެއް ނުލިބޭ ކަމަށާއި، ބިލްތައް ދައްކަން ޑޮލަރު ހޯދަން މެސެޖު ކުރުމުން ޑޮލަރު ވިއްކާ މީހުން ޑޮލަރު ނުވިއްކާ، އިތުރަށް ގަންނަން އުޅޭކަން އަންގަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިޞާދުގެ މައިނާރު ކަމަށްވާ ޓޫރިޒަމް އިންޑަސްޓްރީއަށް އަލިއަޅުއްވާލައްވަމުން ދީދީ ވިދާޅުވީ، ޓޫރިޒަމަކީ ރާއްޖެއަށް "ރަންބިސް އަޅާ ކުކުޅު" ކަމަށާއި، ނަމަވެސް ސަރުކާރުން މިހާރު މަސައްކަތް ކުރަނީ އެ ކުކުޅުގެ ބަނޑުތެރެއިން އަތް ބާނައިގެން ބިސް ނަގަން ކަމަށެވެ.
މީގެ އިތުރުން ދީދީ ފާހަގަކުރެއްވި ގޮތުގައި، ކަމާބެހޭ ފަރާތްތަކާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި، ބޭރުގެ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގަން ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ ސަބަބުން ބޭރުގެ އެޖެންޓުންގެ ކަންބޮޑުވުންތައް އިންތިހާއަށް އުފެދިފައިވާކަން ދީދީ ހާމަކުރެއްވިއެވެ.
"ބޭރުގެ އެޖެންޓުން އައިސް އަޅުގަނޑުމެންނާއި ސުވާލުކުރޭ، ތިމަންނަމެންގެ ގަވާއިދުތަކުގައި އޮންނަނީ ކޮންސިއުމް ކުރާ ޑެސްޓިނޭޝަނުގައި ޓެކްސް ދައްކަންޖެހޭ ގޮތަށޭ ނަމަވެސް މިހާރު އޮތްގޮތުން ޑެސްޓިނޭޝަން ގަންނަ ތަނުންނާއި ކޮންސިއުމް ކުރާ ތަނުންވެސް ޓެކްސް ދައްކަންޖެހޭ. މިއީ ޑަބަލް ޓެކްސް. އެބޭފުޅުން އެބަބުނޭ ޑަބަލް ޓެކްސް ދައްކާފައި ތި ތަނަކަށް ތިމަންނަ މެން ނުދާނަމޭ،" ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ދީދީ ވިދާޅުވިއެވެ.
އަދި މީރާ ފަދަ އިދާރާތަކާ ގުޅޭނެ ގޮތެއް ނޭނގި، ޓެކްސް ކަނޑައަޅާނެ އުސޫލެއް (މާޖިންއިންތޯ ނުވަތަ ގްރޮސް ރެވެނިއުއިންތޯ) ސާފުނުވެ، ބޭރުގެ އެޖެންޓުން އުޅެންޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވަނީ މުޅި ޓޫރިޒަމް އިންޑަސްޓްރީ ވާނުވާ ނޭނގޭ ހާލަތަކަށް ދޫކޮށްލައްވާފައި ކަމަށް ވިދާޅުވެ ދީދީ ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު