ރާއްޖެއަށް ޑޮލަރު ވަންނަނީ ރިސޯޓުތަކުގެ ކޮޓަރިތަކުގެ ރީތިކަމުން ނޫން ކަމަށާއި، އެއީ މި ޤައުމުގެ ޤުދުރަތީ ވަސީލަތްތަކުގެ ރީތިކަމުން ކަމަށްވާތީ، އެ ފައިސާގައި އެންމެހާ ދިވެހި ރައްޔިތުންގެ "ޙައްޤެއް" އޮންނަންޖެހޭނެ ކަމަށް އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވައްޑޭ ވިދާޅުވީ، ރާއްޖޭގެ ޤުދުރަތީ ވަސީލަތްތަކަކީ އެންމެހާ ދިވެހީންގެ އާންމު މިލްކެއް ކަމަށެވެ.
އެހެންކަމުން، އެ ވަސީލަތްތަކުގެ ބޭނުންކޮށްގެން ލިބޭހާ ޑޮލަރަކީ ހަމައެކަނި ރިސޯޓު އޯނަރުންގެ އެކަނި ޙައްޤެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ޤައުމީ ވަސީލަތްތަކުން އުފެދޭ އާމްދަނީން ކަށަވަރުންވެސް ދިވެހި ރައްޔިތުންނަށް ޙައްޤުވާ މިންވަރެއް އޮންނަންޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު