އަޕަރ ސައުތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް، އަނިޔާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، އިތުރުބާރު ކުރެވޭ މަގާމެއްގައި ހުރެ 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ އިތުރުން ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް 2026 އޮގަސްޓް 31 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 41 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ 2026 ސެޕްޓެންބަރު 3 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ.
ކުޑަކުދިންނަށް ކުރާ މިފަދަ އަނިޔާތަކުގެ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސްކޮށް ބަލަމުން އަންނަ މައްސަލަތަކަކަށް ވާއިރު، މި މައްސަލަ ވެސް ފުލުހުންގެ އިދާރާއިން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި ކުޑަކުދިންގެ ކަރާމާތާއި ރައްކާތެރިކަމަށްޓަކައި މިފަދަ މައްސަލަތަކުގައި ކުއްޖާ އަދި އަނިޔާ ލިބުނު ރަށުގެ މައުލޫމާތު ފުލުހުން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު