ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ އާސެނަލް އާއި ލެސްޓާ ސިޓީ މޮޅުވެ، ޓޮޓެންހަމް ހޮޓްސްޕާސް ބަލިވެއްޖެ އެވެ.
ރޭ ކުޅުނު މެޗްތަކުން އަޔަލެންޑްގެ ޑަންޑޯކް އަތުން އާސެނަލް މޮޅުވީ 3-0 އިންނެވެ. ގްރީސްގެ އޭއީކޭ އެތަންސް އަތުން 2-1 އިން ލެސްޓަރ މޮޅުވެފައިވާއިރު، ބެލްޖިއަމްގެ ރޯޔަލް އެންޓްވާޕް ދަނޑުގައި އެ ޓީމު އަތުން ޓޮޓެންހަމް ބަލިވީ 1-0 އިންނެވެ.
ރޭގެ މެޗުގައި އާސެނަލްގެ ލަނޑުތައް ޖެހީ ފުރަތަމަ ހާފުގެ ފަހު ކޮޅާއި ދެ ވަނަ ހާފުގެ ކުރީކޮޅުގަ އެވެ. އާސެނަލަށް ލީޑުނަގައިދިން ގޯލު މެޗުގެ 42 ވަނަ މިނިޓްގައި ޖެހީ އެޑީ އެންކެޓިއޭ އެވެ. އޭގެ ދެ މިނިޓް ފަހުން ޖޯ ވިލޮކް ވަނީ އާސެނަލަށް ލީޑުފުޅާކޮށްދީފަ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން މިނިޓެއްގެ ތެރޭ ޕެޕޭ ވަނީ އާސެނަލަށް ތިން ވަނަ ގޯލެއް ޖަހައިދީފަ އެވެ.
ރޭ ކުޅުނު މެޗުގައި ލެސްޓާ އަށް ލީޑު ނަގައިދިނީ މެޗުގެ 18 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ޖޭމީ ވާޑީ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެސްޓާ އަށް ކުޅޭ ހަމްޒާ ޗޯދުރީ ވަނީ އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެވެ. އޭއީކޭގެ ހަމައެކަނި ގޯލު ޖެހީ ދެ ވަނަ ހާފްގެ ކުރީކޮޅުގައި މޯމާ ޓަންކޮވިޗް އެވެ.
ރޭ ޓޮޓެންހަމް ކުޅުނު މެޗްގެ ހަމައެކަނި ގޯލު ބެލްޖިއަމްގެ އެންޓްވާޕަށް ކާމިޔާބުކޮށްދިނީ ލިއޯ ރަަފައެލޯފް އެވެ. މިއީ މިދިޔަ ޖުލައި މަހަށް ފަހު ޓޮޓެންހަމް ރަށުން ބޭރުގައި ކުޅުނު މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު