ހަރުދަނާކޮށް، ޒަރޫރީ މުދާ އެތެރެކުރުމަށް މަގުފަހިކުރުމުގެ ގޮތުން، އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ) އާއެކު 1.5 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ ފައިނޭންސިން ފްރޭމްވޯކް އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފައިނޭންސް މިނިސްޓަރ ޙަސަން ޒަމީރެވެ. އައި.ޓީ.އެފް.ސީގެ ފަރާތުން ސޮއިކުރެއްވީ މިހާރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ އެ ކޯޕަރޭޝަނުގެ ސީ.އީ.އޯ އިންޖިނިއަރ އަދީބު ޔޫސުފް އަލް-އާމާއެވެ.
މިއީ 2026 އިން ފެށިގެން 2031 ގެ ނިޔަލަށް، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ މުއްދަތަށް އަމާޒުކޮށްގެން އެކުލަވާލި އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ އިތުރުން ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ޓްރޭޑް ފައިނޭންސިންގ ފުރުޞަތުތައް ފަހިކޮށްދިނުމެވެ. އެގޮތުން، ކާބޯތަކެއްޗާއި އެހެނިހެން އަސާސީ މުދާ އެތެރެކުރުމަށާއި، ރާއްޖޭގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކަށް އެކްސްޕޯޓްކުރުން ފުޅާކުރުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން މި ފްރޭމްވޯކްގެ ދަށުން ލިބިގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޙަސަން ޒަމީރު ވިދާޅުވީ، އައި.ޓީ.އެފް.ސީ އުފެދުނީއްސުރެ ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަން އަހަރުން އަހަރަށް ފުޅާވަމުން އަންނަ ކަމަށެވެ. ޚާއްޞަކޮށް ކުރިން ހަމައެކަނި ހަކަތައިގެ ދާއިރާއަށް އޮތް އެހީތެރިކަން، މިހާރު ޒަރޫރީ ކާބޯތަކެއްޗާއި، ބޭސްފަރުވާގެ ސާމާނު އަދި މަސްވެރިކަމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން 2017 ވަނަ އަހަރުން ފެށިގެން އެސް.ޓީ.އޯ މެދުވެރިކޮށް ހަމަޖައްސައިދެމުންދާ ފެސިލިޓީގެ ސަބަބުން، ޤައުމަށް ބޭނުންވާ މުހިންމު މުދާ މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ބޮޑު ހައްލެއް ލިބިފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އައި.ޓީ.އެފް.ސީގެ ސީ.އީ.އޯ އިންޖިނިއަރ އަދީބު އަލް-އާމާ ދެއްކެވި ވާހަކަފުޅުގައި، މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ ރާއްޖެއާއެކު އޮތް ޒަމާންވީ އިތުބާރާއި ބަދަހި ގުޅުމުގެ ހެއްކެއް ކަމަށާއި، މި ފްރޭމްވޯކްގެ ސަބަބުން ރާއްޖޭގެ ޕްރައިވެޓް ސެކްޓަރާއި މާލީ އިދާރާތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މިއަދު ވެވުނު މި އެއްބަސްވުމަކީ 2019 އިން 2024 އަށް ހަމަޖެއްސި ފުރަތަމަ ފަސް އަހަރުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ގުޅިގެން ވެވުނު އައު އެއްބަސްވުމެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި ނިމިދިޔަ އެއްބަސްވުމުގައި 1.5 ބިލިއަން ޑޮލަރު ކަނޑައެޅި ނަމަވެސް، ރާއްޖެއިން ވަނީ 1.7 ބިލިއަން ޑޮލަރާ ހަމައަށް އެހީ ބޭނުންކޮށްފައެވެ. އަދި 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައި.ޓީ.އެފް.ސީ އިން ވަނީ ރާއްޖޭގެ ތަރައްޤީއަށްޓަކައި ޖުމްލަ 3.3 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު