ފޯޅަވަހީގެ (ޗާގޯސް) ސިޔާދަތީ މިލްކުވެރިކަމާ ގުޅޭގޮތުން އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ރަސްމީ ވާހަކަތައް ފެއްޓެވުމަށް، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ދަ ރައިޓް ހޮނަރަބަލް އެންޑީ ބާރންހަމްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަޢުވަތު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ދަޢުވަތު ދެއްވާފައިވަނީ ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ޙަވާލުކުރުމަށް އިނގިރޭސި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ މައްސަލައިގައި ދިވެހިރާއްޖޭގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސި ބޮޑުވަޒީރަށް ފޮނުއްވި ޚާއްޞަ ސިޓީފުޅެއްގައެވެ.
އިނގިރޭސި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ފޯޅަވައްސަކީ ތާރީޚީ ގޮތުންނާއި ސަޤާފީ ގޮތުން ދިވެހިރާއްޖެއާ ގުޅިފައިވާ، އަދި ރާއްޖޭގެ ތަނެއްކަން ތާރީޚުން ސާބިތުވާން އޮތް ތަނެކެވެ. މީގެއިތުރުން ޖިއޮގްރަފީ ގޮތުން ބެލިނަމަވެސް ފޯޅަވައްސަކީ މޮރިޝަސްއަށްވުރެ މާ ބޮޑަށްވެސް ދިވެހިރާއްޖެއާ ގާތުގައި އޮތް ސަރަޙައްދެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ މަޞްލަޙަތުތަކަށް ބެލުމެއްނެތި، އެ ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާތީ އެކަމުގެ ކަންބޮޑުވުން ރައީސް ވަނީ ހިއްސާކުރައްވާފައެވެ.
މި ސިޓީފުޅުގައި އިތުރަށް ވިދާޅުވެފައިވަނީ، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ބަދަހިކުރައްވައި ކުރިއަށް ގެންދެވުމަށް ރާއްޖެއިން އަބަދުވެސް އެދޭ ކަމަށެވެ. އަދި ދިވެހި ދައުލަތާއި ރައްޔިތުންގެ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކުރެވޭނޭ ފަދަ އިންސާފުވެރި ޙައްލެއް ހޯދުމަށްޓަކައި، މި މައްސަލައިގައި އިނގިރޭސި ސަރުކާރާއެކު ގާތުން މަސައްކަތްކޮށް އެއްބާރުލުން ދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ފޯޅަވަހީގެ މައްސަލައަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ޚާއްޞަ ސަރަޙައްދާއި، ކަނޑުގެ ސަރަޙައްދީ އިމާ ގުޅިފައިވާ މުހިންމު ޤައުމީ މައްސަލައަކަށްވާއިރު، މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އެންމެ ތަންފުކެއްގެ ޙައްޤުވެސް ގެއްލުނަނުދީ، ދިވެހި ޤައުމުގެ އެންމެ މަތީ މަޞްލަޙަތު ޙިމާޔަތްކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު