އަމީނީމަގުގައި ހުންނަ ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުން އައި އިމާރާތުގައި 2024 ވަނަ އަހަރުގެ ފަހުކޮޅު ހިނގި އަލިފާނުގެ ހާދިސާއަކީ ގަސްތުގައި ބަޔަކު ކުރި ކަމެއް ނޫން ކަމަށާއި، އެއީ ކަރަންޓު ޝޯޓަކުން ދިމާވި ހާދިސާއެއް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުރެއްވި ތުހުމަތުތަކާ ގުޅިގެން، ސުވާލުކުރުމަށް އެމަނިކުފާނު ފުލުހަށް ހާޒިރުކުރަން ފޮނުވި ޗިޓާ ހަވާލުވެވަޑައިނުގެންނެވި ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން މިފަދައިން ބުނެފައި މިވަނީ، އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލީ ސީދާ ބަޔަކު ރާވައިގެން ކަމަށާއި އެކަން ކުރި ފަރާތްތަކުގެ ހެކި ފުލުހުންގެ އަތުގައި އެބަހުރި ކަމަށް ވިދާޅުވެ މި މަހުގެ 5 ވަނަ ދުވަހު ޕީއެންއެފް ގެ ބައްދަލުވުމެއްގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ.
ފުލުހުން ހާމަކުރި ގޮތުގައި، އެމަނިކުފާނު ދެއްކެވި ވާހަކަތަކުގެ ހަގީގަތް ބެލުމަށްޓަކައި، މި މަހުގެ 7 ވަނަ ދުވަހުގެ ރޭ ފުލުހުންގެ ޓީމެއް އެމަނިކުފާނުގެ ގެކޮޅަށް ގޮސް ހާޒިރުވުމުގެ އަމުރު ހަވާލުކުރަން މަސައްކަތްކުރިއެވެ. ނަމަވެސް އެ ލިޔުމާ ހަވާލުވެވަޑައިގަތުމުގެ ބަދަލުގައި، އެ މައްސަލައިގައި އިތުރަށް އެނގިވަޑައިގަންނަވާ ކަމެއް ނެތް ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ފުލުހުންނަށް ސިޓީއެއް ދެއްވާފައެވެ.
އަދި ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ ތަހުގީގުތަކާމެދު ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް އަސްލެއް ނެތް ވާހަކަތައް ނުފެތުރުމަށާއި، ގާނޫނީ ހަމަތަކުގެ މަތިން ތަހުގީގުތަކަށް އެއްބާރުލުން ދިނުމަށް ފުލުހުން ވަނީ އެންމެހައި ފަރާތްތަކަށް ގޮވާލާފައެވެ.

#MPSPressStatement: 171-A(C1)/PS/2026/07 - Ameeneemagugai hunna sarukaaruge office thakuga hin'gi alifaanuge haadhisaa'aa gulhuvaigen kureege raees Abdulla Yameen Abdul Gayoom dhekkevi vaahakafulhaa gulhey https://t.co/j1zPgHwNmL pic.twitter.com/OSbZ1RMBMt
— Maldives Police (@PoliceMv) September 8, 2026
ފުލުހުން ހާމަކުރި ގޮތުގައި، އެމަނިކުފާނު ދެއްކެވި ވާހަކަތަކުގެ ހަގީގަތް ބެލުމަށްޓަކައި، މި މަހުގެ 7 ވަނަ ދުވަހުގެ ރޭ ފުލުހުންގެ ޓީމެއް އެމަނިކުފާނުގެ ގެކޮޅަށް ގޮސް ހާޒިރުވުމުގެ އަމުރު ހަވާލުކުރަން މަސައްކަތްކުރިއެވެ. ނަމަވެސް އެ ލިޔުމާ ހަވާލުވެވަޑައިގަތުމުގެ ބަދަލުގައި، އެ މައްސަލައިގައި އިތުރަށް އެނގިވަޑައިގަންނަވާ ކަމެއް ނެތް ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ފުލުހުންނަށް ސިޓީއެއް ދެއްވާފައެވެ.
އަދި ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ ތަހުގީގުތަކާމެދު ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް އަސްލެއް ނެތް ވާހަކަތައް ނުފެތުރުމަށާއި، ގާނޫނީ ހަމަތަކުގެ މަތިން ތަހުގީގުތަކަށް އެއްބާރުލުން ދިނުމަށް ފުލުހުން ވަނީ އެންމެހައި ފަރާތްތަކަށް ގޮވާލާފައެވެ.
ކިޔުންތެރިންގެ ހިޔާލު