މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހޫނުމިން މަތިވަމުންދާ ދުވަސްވަރަކަށް ވާތީ، ހޫނުގަދަވުމުގެ ސަބަބުން ދިމާވެދާނެ ޞިއްޙީ އެކި މައްސަލަތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި، ހޫނުގަދަވުމުގެ ސަބަބުން ވަރުބަލިވުން ނުވަތަ "ހީޓް އެގްޒޯސްޝަން" އަދި ފުރާނައަށް ނުރައްކާވާ ފަދަ ސީރިއަސް ހާލަތެއް ކަމަށްވާ "ހީޓް ސްޓްރޯކް" ޖެހުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން މިފަދަ ހާލަތްތަކުގެ ނުރައްކަލުގެ އަލާމާތްތައް ދެނެގަނެ، ކުއްލި ހާލަތްތަކުގައި އަޅަންޖެހޭ ފިޔަވަޅުތަކަށް އާންމު ރައްޔިތުން ހޭލުންތެރިވުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް އެ އެޖެންސީން ފާހަގަކުރެއެވެ.
މީހަކަށް ހީޓް ސްޓްރޯކް ޖެހިއްޖެނަމަ ނުވަތަ އެފަދަ އަލާމާތެއް ފެނިއްޖެނަމަ ވަގުތުން އެޅުމަށް އެޗްޕީއޭއިން އިރުޝާދު ދީފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި:
ލަސްނުކޮށް ކުއްލި ފަރުވާދޭ ފަރާތްތަކަށް ގުޅައި ޞިއްޙީ އެހީތެރިކަން ހޯދުން.
އެ މީހަކު ވަގުތުން ހިޔާ އަޅާފައިވާ ނުވަތަ އޭސީ ކޮށްފައިވާ ފިނި ތަނަކަށް ބަދަލުކުރުން.
ހަށިގަނޑު ފިނިކުރުމަށްޓަކައި ލައިގެން ހުރި ނުވަތަ ބޭނުންނުވާ އިތުރު ހެދުންތައް ބޭލުން ނުވަތަ ދޫކޮށްލުން.
ފިނި، ތެތް ފޮތި ނުވަތަ ތުވާލި ހަށިގަނޑުގައި އެޅުން.
އަނގައިގެ މަގުން އެއްވެސް އެއްޗެއް ނުދިނުން (ކާން ނުވަތަ ބޯން ނުދިނުން).
އެ މީހާގެ ހާލަތު ވަރަށް ގާތުން ބަލައި، ހާލަތު ރަނގަޅުވަމުންދޭތޯ ނުވަތަ ގޯސްވަމުންދޭތޯ ވިލަރެސްކުރުން.
މީގެއިތުރުން، މި ދުވަސްވަރު ދުވާލުގެ ހޫނުގަދަ ވަގުތުތަކުގައި ބޭރުގައި ގިނަވަގުތު ހޭދަނުކުރުމަށާއި، ކޮންމެހެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އެންމެހައި ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.
ހީޓް ސްޓްރޯކަކީ ހޫނުގަދަވުމުގެ ސަބަބުން ދިމާވާ އެންމެ ނުރައްކާތެރި އެއް ހާލަތަށް ވާއިރު، މިކަމަށް ފަރުވާކުޑަކޮށްފި ނަމަ ފުރާނައަށް ވެސް ނުރައްކާ ވެދާނެއެވެ. އެހެންކަމުން، މި ދުވަސްވަރު ގިނައިން ފެން ބުއިމާއި، އަވީގައި ގިނައިރު ނޫޅުމުގެ އިތުރުން، ހީޓް ސްޓްރޯކްގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ އެހީތެރިކަން ހޯދުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވެއެވެ.
މެޓް އޮފީހުން ބުނީ، ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ސަރަހައްދުގެ ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން އުފެދޭ "އެލްނީނޯ" ގެ ބާރު ގަދަވަމުން ދިއުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ލޮނުގަނޑާއި ވައިގެ ފިނިހޫނުމިން ވެސް އާންމުކޮށް ހުންނަ ވަރަށް ވުރެ ވަނީ މައްޗަށް ގޮސްފައި ކަމަށެވެ. އާންމު ގޮތެއްގައި ދެ އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތެއްގައި ކުރިމަތިވާ މި ހާލަތުގެ އަސަރު 9 މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް، ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު