ޓެކްސީ ކުރުމުގައި މާލޭގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ހަމައެކަނި އަންހެން ޓެކްސީ ޑްރައިވަރަށް ދިމާވަމުންދާ ދަތިތަކާއި އުނދަގޫތައް މާލެ ސިޓީގެ މޭޔަރ ސިފާ މުހައްމަދާ ހިއްސާކުރަށްވައިފިއެވެ.
މާލެ ސިޓީގެ މޭޔަރ ސިފާ މުހައްމަދު މިއަދު ވަނީ މާލޭގައި ޓެކްސީގެ ޚިދުމަތްދޭ އާމިނަތު ވަހީދާއާ ބައްދަލުކުރައްވާފައެވެ.
މިބައްދަލުވުމުގައި އައިންތުއަށް ދިމާވާ ދަތިތަކާއި ގޯނާތަކާއި ބެހޭ ގޮތުން މޭޔަރ މައުލޫމާތު އޮޅުންފިލުއްވިއެވެ. އަދި ގޯނާ ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގަތްކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.
އާމިނަތު ވަހީދާއަކީ މާލޭ ސިޓީގައި ޓެކްސީކޮށްގެން، އަމިއްލަ ހަލާލު މަސައްކަތުން ދިރިއުޅުމެއް ބިނާކޮށްގެން ދިރިއުޅެމުންދާ ފިސާރި ކަނބަލެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުންދާއިރު، ބައެއް މީހުންގެ ފަރާތުން އޭނާއަށް އެކި ކަހަލަ އުނދަގޫތަކާއި ގޯނާތައް ކުރިމަތިވަމުންދާކަމަށް އޭނާ ބުނެއެވެ. އަދި ދާދިފަހުންވެސް އޭނާގެ ޓެކްސީ މާފަންނު ތޮއިބާ މިސްކިތް ކައިރީގައި ބާއްވާފައި އޮށްވާ ވަނީ ކާރުގެ ބިއްލޫރިތައް ތަޅާލާފައެވެ. ފުލުހުން މިހާރު ދަނީ އެމައްސަލަ ބަލަމުންނެވެ.

އާމިނަތު ވަހީދާ އަކީ ރާއްޖޭގައި ހުރި ހަމަ އެކަނި އަންހެން ޑްރައިވަރ، މާލޭ ސިޓީގައި ޓެކްސީކޮށްގެން ހަލާލް މަސައްކަތުން ދިރިއުޅުމެއް ބިނާކޮށްގެން ދިރިއުޅެމުންދާ ފިސާރި ކަނބަލެއް،1/2 pic.twitter.com/ItX6MyNCzu
— Male' City Council (@MaleCitymv) October 30, 2020
މިބައްދަލުވުމުގައި އައިންތުއަށް ދިމާވާ ދަތިތަކާއި ގޯނާތަކާއި ބެހޭ ގޮތުން މޭޔަރ މައުލޫމާތު އޮޅުންފިލުއްވިއެވެ. އަދި ގޯނާ ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގަތްކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.
މޭޔަރ @SifaMohammed އައިންތު އާއި ބައްދަލުކޮށް ދިމާވާ ދަތިތަކާއި ގޯނާތަކާއި ބެހޭ ގޮތުން އޮޅުންފިލުވާ, ގޯނާތަށް ކުރާ ފަރާތްތަކަށް ިފިޔަވަޅު އެޅުމަށް ފުލުހުންގެ ކިބައިން އެދުނު.
— Male' City Council (@MaleCitymv) October 30, 2020
އާމިނަތު ވަހީދާއަކީ މާލޭ ސިޓީގައި ޓެކްސީކޮށްގެން، އަމިއްލަ ހަލާލު މަސައްކަތުން ދިރިއުޅުމެއް ބިނާކޮށްގެން ދިރިއުޅެމުންދާ ފިސާރި ކަނބަލެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުންދާއިރު، ބައެއް މީހުންގެ ފަރާތުން އޭނާއަށް އެކި ކަހަލަ އުނދަގޫތަކާއި ގޯނާތައް ކުރިމަތިވަމުންދާކަމަށް އޭނާ ބުނެއެވެ. އަދި ދާދިފަހުންވެސް އޭނާގެ ޓެކްސީ މާފަންނު ތޮއިބާ މިސްކިތް ކައިރީގައި ބާއްވާފައި އޮށްވާ ވަނީ ކާރުގެ ބިއްލޫރިތައް ތަޅާލާފައެވެ. ފުލުހުން މިހާރު ދަނީ އެމައްސަލަ ބަލަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު