ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ހާލުކޮޅު ދެރަވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
މަޖިލީހުގައި ހުންނަވަނިކޮށް ޝިޔާމްގެ ހާލުކޮޅު ދެރަވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ މިދިޔަ އަންގާރަދުވަހުއެވެ. ޝިޔާމް އެދުވަހު ހޮސްޕިޓަލަށް ގެންދިޔައީ މަޖިލީހުގެ ގޯތިތެރޭގައި ހުންނަ ކުޑައެއްގެ ދަށުގައި އިންނަވަނިކޮށް ކުއްލިއަކަށް ސިއްހީ ހާލު ގޯސްވެގެންނެވެ. ޝިޔާމް ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓް ކުރުމަށްފަހު ކޮވިޑް-19 އަށް ޓެސްޓް ކުރިއެވެ. ނަމަވެސް އޭނާގެ ޓެސްޓް ވަނީ ނެގެޓިވްވެފައެވެ.
ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްްފަހު ޝިޔާމް މިހާރު ގެއަށް ދޫކޮށްލާފައިވާކަމަށެވެ. އަދި ޝިޔާމުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަކަމަށް ޕީޕީއެމުން ބުނެއެވެ.
ޕީޕީއެމުން މީގެކުރިން ބުނެފައިވަނީ މިދިޔަ ޖޫންމަހު މަޖިލީހުގެ ތެރެއިން ޝިޔާމަށް ލިބިވަޑައިގަތް އަނިޔާއަށްފަހު ސިއްހީގޮތުން އެކި މައްސަލަތައް އޭނާ ކުރިމަތިވެވަޑައިގަންނަވަމުން އަންނަކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު