ސިދުރަތުﷲ އަހުމަދު
ސިދުރަތުﷲ އަހުމަދު
މިމަހުގެ 23 ވަނަ ދުވަހު އައިޖީއެމްއެޗާއި ދިމާ މޫދުތެރޭގައި މަރުވެފައި އޮއްވައި ފެނުނު މުހައްމަދު ސިދުރަތުﷲ އަހުމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިފެށޭ ހަފްތާގައި ރާއްޖެއިން ބޭރަށް ފޮނުވާނޭކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، އަންނަ ހޯމަ ނުވަތަ އަންގާރަ ދުވަހު، ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު އިންޑިއާއަށް ފޮނުވޭނެ ކަމަށެވެ. އަދި މިހާތަނަށް އެކަން ލަސްވެގެން ގޮސްފައި ވަނީ ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު ފޮނުވުމަށް ހަމަޖައްސަންޖެހޭ ކަންކަން ހަމަޖެއްސުމަށް ވަގުތު ނަގާތީކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ސިދުރަތުއްﷲގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހެދުމަށް ފުލުހުން ނިންމީ، އެއީ ޤުދުރަތީ މަރެއްކަން ކަށަވަރު ނުކުރެވޭތީއެވެ. އަދި މަރުވެފައި އޮއްވާ ފެނުނު ސިދުރަތުﷲގެ ހަށިގަނޑުގައި ޒަޚަމްތަކެއް ހުރިކަމަށް އާއިލާއިންވެސް ފާހަގަކުރެއެވެ. އޭނާގެ އާއިލާއިން ތުހުމަތު ކުރަނީ، ސިދުރަތުﷲ މަރާލާފައިވާ ކަމަށެވެ.

ފުލުހުންގެ އިދާރާއިން ވަނީ އޭނާ މަރުވި ދުވަހު އޭނާ އެންމެފަހުން ފެނުނު ކަމަށް ބުނާ ސީސީޓީވީ ވީޑިއޯތަކެއް އާއްމުކޮށް، އާއްމުންގެ އެހީތެރިކަމަށް އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން